މާލެ ސިޓީ ކައުންސިލުން އަމިއްލަ ބޭންކް އެކައުންޓެއް ހުޅުވަން ނިންމައިފިއެވެ.
މާލެ ސިޓީ ކައންސިލުން މި ނިންމެވުން ނިންނެވީ މާލެ ސިޓީ ކައުންސިލްގެ އިއްޔެ ބޭއްވުނު ހަތަރު ވަނަ ދައުރުގެ 47 ވަނަ ރަސްމީ ޖަލްސާގައެވެ.
މީގެ އިތުރުން އިއްޔެ ބޭއްވުނު މި ޖަލްސާގައި ވަނީ މާލެ ސިޓީ ކައުންސިލް ފިޔަވައި ރާއްޖޭގެ އެހެން ހުރިހާ ކައުންސިލްތަކަކުން މާލީ ހިސާބުތަށް ބެލެހެއްޓުމަށް ބޭނުންކުރާ މޮޑިއުލެއްކަމަށްވާ އެސްއޭޕީ ސިސްޓަމް ވިއަ މޮޑިއުލަށް ބަދަލުކުރުމަށް ވެސް ނިންމައިފައެވެ.
މާލެ ސިޓީ ކައުންސިލަށް ބޭންކް އެކައުންޓެއް ހެދުމަށް ހުއްދަ ދީފައިވަނީ ބޭންކް އޮފް މޯލްޑިވްސްއިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް