ރާއްޖެ ގެނައި ހަތަރު ވަނަ ބެޗުގެ އެމްބިއުލާންސްތައް އިތުރު 20 ރަށަކަށް ފޮނުވައިފިއެވެ.
ހެލްތު މިނިސްޓްރީން ބުނީ އެސްޓީއޯއާއި ހަވާލުކޮށްގެން ރާއްޖެ ގެނައި އެމްބިއުލާންސް ތަކުގެ ތެރެއިން 20 އެމްބިއުލަންސް ރަށްތަކަށް ފޮނުވާފައިވާ ކަަމަށެވެ.
އެގޮތުން މިފަހަރު އެމްބިއުލާންސް ފޮނުވި ރަށްތަކަކީ ހދ. ފިނޭ، ހދ. ކުރިނބީ، ހދ. ނޭކުރެންދޫ، ށ. ފޭދޫ، ށ. ފީވައް، ރ. މާކުރަތު، ރ. އަނގޮޅިތީމު، ރ. އިންނަމާދޫ، ނ. ވެލިދޫ، ނ. މާޅެންދޫ، ކ. ދިއްފުށި، ކ. ގުރައިދޫ، ކ. ގާފަރު، އއ. ރަސްދޫ، އދ. ދިގުރަށް، ތ. ވިލުފުށި، ގއ. ކަނދޮޅުދޫ، ގދ. ނަޑެއްލާ، ޏ. ފުވައްމުލައް، އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތުދެއެވެ.
މީގެއިތުރުން މާލޭގައި ހުންނަ އިމަރޖެންސީ މެޑިކަލް ސަރވިސަސްއަށް އެމްބިއުލާންސް ފޯރުކޮށްދީފައިވާކަމަށް ވެސް ހެލްތު މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.
ސަރުކާރުން އެސްޓީއޯ އާއި ހަވާލު ކުރީ އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށެވެ. އެކަމުގެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީ އާއި އެސްޓީއޯ އަދި ހެލްތު މިނިސްޓްރީއާ ދެމެދު ސޮއިކޮށްފައިވަނީ މިިދިޔަ އަހަރުގެ ޖުލައި މަހުއެވެ. އެސްޓީއޯ އިން މިހާރު ވަނީ މިއެއްބަސްވުމުގެ ދަށުން 41 އެމްބިއުލާންސް ރަށްތަކަށް ފޮނުވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް