ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާއިރު މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުގެ ފައިސާ ބަހާތަކުގެ ތުހުމަތު ކޮށްފައިވާ، ރައީސް މައުމޫނަށް ތާއީދުކުރާ އިބްރާހިމް އަފްރާތު މިރޭ ހައްޔަރު ކޮށްފި އެވެ.
އަފްރާތު މިރޭ ހައްޔަރު ކޮށްފައިވަނީ ޕީޓްރަލް ސަރަހައްދުންނެވެ. އަފްރާތު ހައްޔަރު ކުރި ކަން ކަށަވަރުވި ނަމަވެސް ފުލުހުންގެ ރަސްމީ ބަހެއް މިކަމުގައި ލިބިފައެއް ނުވެ އެވެ.
މިރޭ އަފްރާތު ހައްޔަރު ކޮށްފައިވާއިރު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ އޭނާ ދިރިއުޅޭ މ. ގުލްޝަން ކިނާރބަލައި ފާސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް