މުދާ އުފުލާ ދޯންޏެއް ދިޔަވެ އަޑިއަށް ދަނީ

މުދާ އުފުލާ ދޯންޏެއް ދިޔަވެ އަޑިއަށްދާތީ، ސިފައިންގެ ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފި އެވެ. އެމްއެންޑީއެފުން ބުނީ ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށާފައިވަނީ "ބްލެކް ޕާލް" ނަމަކަށް ކިޔާ މުދާ އުފު...

07 Apr 2017 | 16:17

މުދާ އުފުލާ ދޯންޏެއް ދިޔަވެ އަޑިއަށްދާތީ، ސިފައިންގެ ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށާފައިވަނީ "ބްލެކް ޕާލް" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް ކ ކާށިދޫ ކައިރިއަށް ދިޔަވަމުންދާތީ ކަމަށެވެ.

https://twitter.com/MNDF_Official/status/850379850338582528

"މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ދިޔަވެ އަޑިއަށްދާ "ބްލެކް ޕާލް" ދޯނި ކ.ކާށިދޫގެ ހުޅަނގުން 10 ވަރަކަށް މޭލު ބޭރުގައި ވަނިކޮށް، ދޯންޏަށް ދިޔަވާން ފެށީ މި ދޯނީގެ އިންޖީނު ރޫމަށް ފެން އެޅުމުގެ ސަބަބުންނެވެ. ށ.އަތޮޅުގެ އެކި ރަށްރަށަށް ޓާފް ހިފައިގެން ދަތުރުކުރަމުން ދަނިކޮށް މި ދޯނި އަޑިއަށްދާން ފެށިއިރު، މި ދޯނީގައި ދެ ދިވެހިންނާއި ދެ ބިދޭސީންނާއެކު ހަތަރު މީހުން ތިއްބެވެ. އަދި، މި މީހުން އެސަރަޙައްދުން ދަތުރުކުރި މާލެ ދަތުރުކުރާ އެހެން ބޯޓަކަށް މިހާރު ނަގާފައިވާ ކަމުގެ މަޢުލޫމާތު ވަނީ ލިބިފައެވެ." އެމްއެންޑީއެފުން ބުނެ އެވެ.

ތަފްސީލް އަންނަނީ ..

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް