ގާސިމް އިބްރާހިމްގެ ބަންދަށް ހަ ދުވަސް

އިއްޔެ ހައްޔަރު ކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ބަންދަށް ކްރިމިނަލް ކޯޓުން ހަ ދުވަސް ޖަހައިފި އެވެ. ގާސިމްގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކޮށްފައިވަނީ 3:45 ހާއިރު...

07 Apr 2017 | 13:14

އިއްޔެ ހައްޔަރު ކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ބަންދަށް ކްރިމިނަލް ކޯޓުން ހަ ދުވަސް ޖަހައިފި އެވެ.

ގާސިމްގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކޮށްފައިވަނީ 3:45 ހާއިރުގަ އެވެ. ގާސިމް ކޯޓަށް ހާޒިރު ކޮށްފައިވާވަނީ އެ ސަރަހައްދުގެ ގިނަ މަގުތަކެއް ބަންދު ކުރުމަށްފަހުގަ އެވެ.

އެ ސަރަހައްދު ބަންދުކުރި ނަމަވެސް ގިނަ އަދަދެއްގެ ބަޔަކު އެ ސަރަހައްދަށް ޖަމާވި އެވެ. ނަމަވެސް ފުލުހުން ވަނީ އެ ސަރަހައްދަށް އެއްވި މީހުން އެ ސަރަހައްދުން ފޮނުވާލާފަ އެވެ. އެ ސަރަހައްދަށް އެއްވި މީހުން ފޮނުވާލުމަށް ޕެޕަރ ސްޕްރޭ ވަނީ ބޭނުން ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް