ހުކުރު ނަމާދަށް ހުރުމަތްތެރިކޮށް ހިތުމަށް މިއަދުގެ ހުކުރު ޚުޠުބާ ގޮވާލާއިފި

ފަހަކަށް އައިސް އަޅުގަނޑުމެންގެ މުޖުތަމަޢުގައި ހުކުރު ނަމާދަށް ފަރުވާ ކުޑަކުރުމާއި ހުކުރު ވަގުތު އެހެން ކަންކަމުގައި މީހުން މަސްއޫލުވެ އުޅުން އާންމުވަމުން އަންނާތީ، މިއީ ވަރަށް ހިތާމަވެރިކަމެއް ކަމަށާ...

07 Apr 2017 | 10:37

ފަހަކަށް އައިސް އަޅުގަނޑުމެންގެ މުޖުތަމަޢުގައި ހުކުރު ނަމާދަށް ފަރުވާ ކުޑަކުރުމާއި ހުކުރު ވަގުތު އެހެން ކަންކަމުގައި މީހުން މަސްއޫލުވެ އުޅުން އާންމުވަމުން އަންނާތީ، މިއީ ވަރަށް ހިތާމަވެރިކަމެއް ކަމަށާއި މިފަދަ އަމަލުތައް މަދު ކުރުމަށް މިއަދު ހުކުރު ޚުތުބާގައި ބާރުއަޅުއްވާފިއެވެ.

މިއަދުގެ ހުކުރު ޚުޠުބާ ބިނާކޮށްފައިވަނީ ހުކުރު ދުވަހުގެ މާތްކަމާއި ހުކުރު ނަމާދަށް ފަރުވާތެރިވުމުގެ މައްޗަށެވެ.

ހުކުރު ދުވަހަކީ ހަފްތާގެ ތެރޭގައި އަންނަ އެންމެ މާތް ދުވަސް ކަމަށާއި، އެދުވަހަކީ އިންސާނީ ނަސްލުގެ ފެށުން ކަމަގައިވާ އިންސާނިއްޔަތުގެ ބައްޕަ އާދަމްގެފާނު އުފެއްދެވި ތާރީޚީ ދުވަސްކަމަށް ޙުޠުބާގައި ފާހަކޮށްފާވެއެވެ. ދުޢާ އިޖާބަ ކުރައްވަން ޚާއްޞަ ވަގުތެއް މާތް ﷲ  ހުކުރު ދުވަހު އަޅުތަކުންނަށް ލެއްވި ކަމަށާއި، އެދުވަހުގެ މަތިވެރިކަން ދަނެ އެ ދުވަހުގެ ޚައްޤުތައް ހެޔޮގޮތުގައި އަދާކުރަމަށް ޚުޠުބާގައި ބާރުއެޅުއްވިއެވެ. އިންސާނުންނަކީ އަބަދާއި އަބަދު ފާފަތަކަށް ހުށަހެޅޭ ނިކަމެތި ބައެއް ކަމަށާއި އެހެންކަމުން ވެރި ރަސްކަލާނގެ ހަޟްރަތުން ލިބޭ މިފަދަ މަތިވެރިވެ ދުވަހެއްގެ ބޭނުން ހެޔޮގުތުގައި ހިފުމަށް ޚުޠުބާގައި ބާރުއަޅުއްވާފައިވެއެވެ.

"ކަންމިހެން ހުރިއިރު ހިތާމަކުރަން ޖެހޭކަމަކީ، މިއަދު މި ދިވެހި މުޖުތަމަޢުގައި ބައެއް ފަރުދުން މިފަދަ ކަންކަމާއި އެއްވެސް ސަމާލުކަމެއް ނުބަހައްޓައޭ. ޝަރުޢީ އެއްވެސް ޢުޛުރަކާއި ނުލައި ހުކުރު ނަމާދަށް އައުމަށް ފަރުވާކުޑަ ކުރުމާއި، ހުކުރު އަޅާފައި ދަތުރު ދިއުމާއި، އަދި މިނޫންވެސް ތާފަތު ކަންކަމުގައި މަޝްޢޫލުވެ ތިބޭކަމީ ހިތާމަހުރިކަމެއް. މަޤުބޫލު ޢުޛުރަކާއި ނުލާއި ހުކުރަށް ނައިސް ތިބުމީ އެބައިމީހުންގެ ހިތުގައި ސިއްކަޖެހި ބަންދުވެދާނެކަމެކޭ." މިއަދުގެ ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ. އަދި ތިމާގެ ފުރާނައަށް ނުވަތަ މުދަލަކަށް ގެއްލުން ވެދާނެ ހާލަތެއް މެދުވެރިވެގެން ނުވަތަ މި ނޫންވެސް ޝަރުޢީ ޢުޛުރަކާ ނުލައި ހުކުރު އެޅުމަކީ ބޮޑު ފާފައެއްކަމަށް ހުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ހުކުރު ނަމާދުގައި ދެވޭ ހުކުރު ޚުޠުބާ އަޑުއެހުމުގެ މާތްކަމަށްވެސް އަލިއަޅުވާލާފަވެއެވެ. ހުކުރު ޚުޠުބާއަކީ އިންސާނާ ދެ ދުނިޔޭގެ ބާއްޖަވަރިކަމަށްޓަކައި ދެވޭ މަތިވެރި އިރުޝާދެއް ކަމަށާއި އަދި މުޖުތަމަޢުގައި ހިނގާ ތާފާތު ކަންކަމުގައި މުސްލިމުން އަމަލުކުރަންވީ ރަނގަޅު ގޮތް އަނގަދޭ މެދުވެރިއަކީ މިއީ ކަމަށް ޚުޠުބާގައި ބަޔާންކޮށްފާވެއެވެ.

"ކަންމިހެން މިހެންހުރި ނަމަވެސް މިހާރަކާށް އައިސް ޚުޠުބާ ކިޔަމުންދާއިރު މިސްކިތުގެ ފެންޑާގައްޔާއި، މިސްކިތުގެ ގޯތިތެރޭގައްޔާއި، މިސްކިތުގެ ބޭރުގައިވެސް ވާހަކަދައްކަން ތިބުމަކީ ބައެއް މީހުންގެ ފަރާތުން ފެންނަމުންދާ ވަރަށް ހިތާމަވެރި މަންޒަރެކޭ. މިހެން މިކަން ހިނގަން ދިމާވާ އެއްސަބަބަކީ ހުކުރު ނާމަދާށް އައިސް ބައެއް މީހުން މިސްކިތުގައި ޖާގަ އޮއްވާވެސް މިސްކިތައް ނުވަދެ، މިސްކިތުގެ ވަށައިގެން ހުންނަ ގަސްގަސް ދޮށުގައްޔާއި، ހޮޅުއަށިތަކުގައްޔާއި، ޖޯލިފަތީގައި ތިބޭތީ." ކަމަށްވެސް ޚުޠުބާގައި ބަޔާންކުރިއެވެ. އަދި ހުކުރަށް އަންނައިރު ހިނައިގަނެ ސާފުތާހިރު ކަންމަތީ ތިބުމަށް އިރުޝާދުދެއްވިއެވެ.

މިފަދަ އަމަލުތަކަކީ ވަރަށް ހިތާމަވެރި އަމަލުތަކެއް ކަމަށް ފާހަގަކޮށް، ހުކުރު ނާމަދަށް ޙާޟިރުވާއިރު މިފަދަ ކަންކަމުން އެއްކިބާވެ، މާތް ﷲ ގެ ޙަޟުރަތުން ދަރުމާއާއި ޡަވާބަށް އެދިގެން  އައުމަށް ނަޟޭހަތްތެރިވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް