ރެއިންބޯއިން ހުޅުމާލޭގައި އަޅާ އެޕާޓްމެންޓްތައް އިފްތިތާހްކޮށްފި

ރެއިންބޯ އެންޓަރޕްރައިސަސް އާއި އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ސިންގާލް އިންޖީނޭރިން ކުންފުންޏާއި ގުޅިގެން ޖޮއިންޓް ވެންޗާ އުސޫލުން ހުޅުމާލޭގައި އަޅާ "ރެއިން ކްރެސެންޓް" ގެ އެޕާޓްމަންޓްތައް އިފްތިތާ...

07 Apr 2017 | 07:10

ރެއިންބޯ އެންޓަރޕްރައިސަސް އާއި އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ސިންގާލް އިންޖީނޭރިން ކުންފުންޏާއި ގުޅިގެން ޖޮއިންޓް ވެންޗާ އުސޫލުން ހުޅުމާލޭގައި އަޅާ "ރެއިން ކްރެސެންޓް" ގެ އެޕާޓްމަންޓްތައް އިފްތިތާހްކޮށް، ފުލެޓް ގަތުމުގެ ފުރުސަތު ހުޅުވާލާފިއެވެ.

މިރޭ ނޭޝަނަލް އާރޓް ގެލެރީގައި ބޭއްވި ހަފްލާއެއްގައި މި ޕްރޮޖެކްޓް އިފްތިތާހްކޮށް ދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އަކީލޭޝް މިޝްރާ އަދި ސިންގާލް އިންޖީނޭރިން ކުންފުނީގެ ފަރާތުން ގުޕްތާ ސިންގާލްއެވެ.

މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާ އަކިލޭޝް މިޝްރާ ވިދާޅުވީ އިންޑިއާއި ރާއްޖޭގެ ކުންފުނިތައް ގުޅިގެން މަސައްކަތް ކުރުމަކީ ދެ ގައުމުގެ އިމާރާތްކުރުމުގެ ދާއިރާ ކުރިއަރާގެންދާނެ ކަމެއް ކަމަށެވެ.

14 ބުރީގެ ދެ ޓަވަރުގެ މައްޗައް އެކުލެވެވޭ މި އިމާރާތުގައި 136 އެޕާރޓްމަންޓް ހުންނާނެއެވެ. ރެއިން ކްރެސެންޓްއިން އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރާ މި އިމާރާތުގައި ޕާކް ކުރުމަށް ޚާއްޞަ ސަރަހައްދަކާއި، ޖިމަކާއި، ކޮންވެންޝަނަލް ހޯލް އެއް ހުންނާނެއެވެ. މީގެއިތުރުން ކުޑަކުދިން ކުޅޭ ސަރަހައްދަކާއި، 14 ވަނަ ބުރީގައި ސްވިމިން ޕޫލްއެއްވެސް ހުންނާނެއެވެ.

މި އެޕާޓްމަންޓުތަކުގެ އަގުތައް އުޅެނީ އެއް މިލިއަނާއި 11 މިލިއަނާ ދެމެދުގެ އަގެއްގައެވެ.

ރެއިންބޯއިން ބުނީ އަމަލީ މަސައްކަތް ފާށާތާ 24 މަސްދުވަހުގެ ތެރޭގައި މި މަޝްރޫއު ނިންމަވާލެވޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް