ގާސިމް ހައްޔަރު ކުރުމާއެކު މާމިގިލީ ރައްޔިތުން މުޒާހަރާއަށް ނިކުމެއްޖެ

ކޯޓު އަމުރެއްގެ ދަށުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރު ކޮށްފައިވާއިރު ގއ މާމިގިލީ ރައްޔިތުން މަގުތަކަށް ނިކުމެ މުޒާހަރާ ކުރަން ފަށައިފި އެވެ. މާމިގިލީގައި މުޒާހަރާ ކުރަމުން އަންނައި...

06 Apr 2017 | 19:12

ކޯޓު އަމުރެއްގެ ދަށުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރު ކޮށްފައިވާއިރު ގއ މާމިގިލީ ރައްޔިތުން މަގުތަކަށް ނިކުމެ މުޒާހަރާ ކުރަން ފަށައިފި އެވެ.

މާމިގިލީގައި މުޒާހަރާ ކުރަމުން އަންނައިރު ރާއްޖެ ޓީވީއަށް މައުލޫމާތު ދެއްވަމުން މާމިގިލީ ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ މުފީދު ވިދާޅުވީ ރަށުގެ ރައްޔިތުން މުޒާހަރާ ކުރަމުން ގެންދަނީ ގާސިމް އިބްރާހިމް ދޫކޮށްލުމަށް އެދި ކަމަށެވެ.

ކައުންސިލްގެ ނައިބު ރައީސް ރާއްޖެ ޓީވީއަށް މައުލޫމާތު ދެއްވަމުން އިތުރަށް ވިދާޅުވީ ގާސިމް ދޫކޮށް ނުލަނީސް ރަށުގެ ރައްޔިތުންގެ މުޒާހަރާ ހުއްޓައިނުލާނެ ކަމަށެވެ. ނަމަވެސް މާމިގިލިން ދުވަހަށް މައުލޫމާތު ދެމުން ބައެއް މީހުން ބުނީ މުޒާހަރާ ނިންމާލައި މިހާރު މީހުން ގެއަށް ގޮސްފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް