ނާޒިމް ފަރުވާއަށް ބޭރަށް ފުރުމުގެ ހުއްދަ ދީފި

ނުރައްކާތެރި ހަތިޔާރު އެތެރެކޮށް ގެންގުޅުނުކަމުގެ ކުށް، ސާބިތުވެގެން 11 އަހަރުގެ ޖަލު ހުކުމެއްގައި ހުރި، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ބޭސްފަރުވާއަކަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމ...

07 Apr 2015 | 14:50

ނުރައްކާތެރި ހަތިޔާރު އެތެރެކޮށް ގެންގުޅުނުކަމުގެ ކުށް، ސާބިތުވެގެން 11 އަހަރުގެ ޖަލު ހުކުމެއްގައި ހުރި، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ބޭސްފަރުވާއަކަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދަ ދީފި އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އެ ހުއްދަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ދިނީ މިދިޔަ އާދިއްދަ ދުވަހު އެވެ.

މީގެ ކުރިންވެސް ނާޒިމްގެ ގާނޫނީ ވަކީލުންގެ ޓީމުންނާއި އާއިލާގެ ފަރާތުން ނާޒިމް ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދަ ދިނުމަށް އެދުމުން އެ ހުއްދަ ދީފައި ނުވާކަމަށް ވަކީލުންގެ ޓީމުން ވަނީ ބުނެފަ އެވެ.

ނާޒިމްގެ ޝަރީއަތް ކުރިޔަށް ދިޔަ އިރު ގާނޫނީ ވަކީލް މައުމޫން ހަމީދު ކޯޓުގައި ވިދާޅުވެފައި ވަނީ ނާޒިމްގެ ފުރާނަ އަށް ނުރައްކާތެރިވާ ފަދަ ބައްޔަކާ ކުރިމަތިވެފައިވާ ކަމަށެވެ. އަދި ރާއްޖެއިން ނުހެދޭ ޓެސްޓްތަކެއް ހެދުމަށް ބޭރަށް ވީހާ އަވަހަކަށް ވަޑައިގަތުމަށް ޑޮކްޓަރުން ލަފާދެއްވާ ކަމަށް ވިދާޅުވެ، ޑޮކްޓަރުގެ ލިޔުން ފަނޑިޔާރުންނަށް ހުށަހެޅުއްވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް