އައިއެސް އިން މަރާލައިފައިވާ ގިނަ އަދަދެއްގެ ސިފައިންގެ ހަށިތަކެއް ހޯދައިފި

އިރާގުގެ ބޮޑުބައެއް ކޮންޓްރޯލް ކުރަމުންދާ އައިއެސް ޖަމާއަތުން މަރާލާފައިވާ އެ ގައުމުގެ 1700 އަށްވުރެ ގިނަ ސިފައިންގެ ހަށިތައް ވަޅުލާފައިވާ ވަޅުގަނޑުތަކެއް ފެނިއްޖެ އެވެ. އެ ވަޅުގަނޑުތައް ހޯދާފައިވަނީ ...

07 Apr 2015 | 14:21

އިރާގުގެ ބޮޑުބައެއް ކޮންޓްރޯލް ކުރަމުންދާ އައިއެސް ޖަމާއަތުން މަރާލާފައިވާ އެ ގައުމުގެ 1700 އަށްވުރެ ގިނަ ސިފައިންގެ ހަށިތައް ވަޅުލާފައިވާ ވަޅުގަނޑުތަކެއް ފެނިއްޖެ އެވެ.

އެ ވަޅުގަނޑުތައް ހޯދާފައިވަނީ އިރާގުގެ އަސްކަރީއާއިން މީގެ ހަފްތާއެއް ކުރިން އައިއެސް އަތުން މިނިވަންކުރި ތިކްރީތް އަވަށުގައި ހުންނަ ރިޔާސީ ގަނޑުވަރުގެ ގޯތިތެރެއިންއެވެ. ވަޅުތައް ކޮންނަށް ފަށާފައިވާއިރު އިއްޔެގެ ނިޔަލަށް ބާރަ ހަށިގަނޑެއް ވަނީ ނަގާފައެވެ.

ރިޕޯޓުތައް ބުނާގޮތުން އެ ވަޅުތަކުން ފެނުނު މަރުވެފައިވާ ސިފައިންނަކީ އައިއެސް އިން މިދިޔަ އަހަރުގެ ޖޫންމަހު އެ އަވަށް ހިފުމުގެ ކުރިން އެމެރިކާއިން ބޭނުން ކޮށްފައިވާ ކޭމްޕެއްގައި ހަރަކާތްތެރިވަމުންދިޔަ 1700 އެއްހާ އިރާގުގެ ސިފައިންގެ ހަށިތަކެކެވެ.

އެ ސިފައިން ބަޑިޖަހާ މަރާ މަންޒަރު ދައްކުވައިދޭ ވީޑިޔޯތަކެއް އެ ކޭމްޕު ހިފުމަށްފަހު އައިއެސްއިން އާންމުކޮއްފަ ވެ އެވެ.

މިދިޔަ އަހަރުގެ ހޫނުމޫސުމުގައި އައިއެސް އިން ވަނީ އިރާގުގެ ގިނަ އަވަށްތަކެއް ހިފައި އެއަވަށުގެ ރައްޔިތުންނަށް ދީން ބަދަލުކުރުމަށް މަޖުބޫރުކުރުވާފައެވެ. އަދި އެކަމާ ދެކޮޅުހެދި ފަރާތްތައް ވަނީ އަނިޔާވެރި ގޮތަކަށް މަރާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް