ގިނަ އަދަދެއްގެ ބަނގުރާ ފުޅިއާއި ބިޔަރު ދަޅުތަކެއް ނައްތާލައިފި

ގިނަ އަދަދެއްގެ ބަނގުރާފުޅިތަކާއި ބަނގުރާ ދަޅުތައް ކަސްޓަމުން މިއަދު ނައްތާލައިފި އެވެ. ކަސްޓަމްސްއިން ބުނީ އެތަކެއްޗަކީ ރާޢްޖެއަށް ކަނޑުމަގުން އެތެރެކޮށްފައިވާ އެއްޗެހި ކަމަށެވެ. މިއަދު ނައްތައިލީ 47...

07 Apr 2015 | 11:03

ގިނަ އަދަދެއްގެ ބަނގުރާފުޅިތަކާއި ބަނގުރާ ދަޅުތައް ކަސްޓަމުން މިއަދު ނައްތާލައިފި އެވެ.

ކަސްޓަމްސްއިން ބުނީ އެތަކެއްޗަކީ ރާޢްޖެއަށް ކަނޑުމަގުން އެތެރެކޮށްފައިވާ އެއްޗެހި ކަމަށެވެ. މިއަދު ނައްތައިލީ 479 ބަނގުރާފުޅި އާއި 485 ބިޔަރު ދަޅެވެ.

އެ ބިޔަރު ދަޅުތަކާއި ބަނގުރާ ފުޅިތަކަކީ އެކި ސަބަބުތަކާ ހުރެ، މުދަލުގެ ވެރި ފަރާތުން ކަސްޓަމުން ނުނެރި ގިނަ ދުވަސްވެ ހަލާކުވުމުން ނައްތައިލި ތަކެތި ކަމަށް ކަސްޓަމުން ބުންޏެވެ.

އެ ތަކެތި ނައްތާލީ މުދަލުގެ ވެރިފަރާތުގެ އިތުރުން ކަސްޓަމްސް އޮފިސަރުންނާއި އެމްޕީއެލްގެ އޮފިޝަލުންނާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި އެމްއެންޑީއެފް އަދި މީޑިއާގެ ހާޒިރުގައި ކަމަށް ކަސްޓަމުން ބުންޏެވެ.

ބަނގުރާފުޅިތަކާއި ދަޅުތައް ނައްތައިލީ ތިލަފުށީ ކުނިކޮށި ސަރަހައްދުގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް