އެސްޓީއޯގެ ފާމަސީއެއް ގދ. ހޯޑެއްދޫގައި ހުޅުވައިފި

ގދ. ހޯޑެއްދޫގައި އެސްޓީއޯގެ ފާމަސީއެއް ހުޅުވައިފި އެވެ. އެސްޓީއޯއިން ބުނީ އެ ފާމަސީއަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާސަންދައިގެ ދަށުން ހިދުމަތް ފޯރުކޮށްދޭ އެސްޓީއޯ ފާމަސީއެއް ގާއިމް ކު...

07 Apr 2015 | 09:56

ގދ. ހޯޑެއްދޫގައި އެސްޓީއޯގެ ފާމަސީއެއް ހުޅުވައިފި އެވެ.

އެސްޓީއޯއިން ބުނީ އެ ފާމަސީއަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާސަންދައިގެ ދަށުން ހިދުމަތް ފޯރުކޮށްދޭ އެސްޓީއޯ ފާމަސީއެއް ގާއިމް ކުރުމަށް އެސްޓީއޯއާ ދިވެހި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ހުޅުވައި ހިދުމަތްދޭންފެށި ފާމަސިއެއް ކަމަށެވެ.

އެސްޓީއޯ އާއި ސަރުކާރުން މަސައްކަތް ކުރަމުންދަނީ މިއަހަރު ނިމުމުގެ ކުރިން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެސްޓީއޯގެ ބޭސްފިހާރަ ހުޅުވުމަށެވެ.

ހޯނޑެއްދޫގައި ހުޅުވުނު ފާމަސީއާއެކު އެސްޓީއޯ ފާމަސީތަކުގެ އަދަދު މިހާރު ވަނީ 103 އަށް އިތުރުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް