ޖަލަށް ސިނގިރޭޓާއި ސުޕާރީ ވެއްދުމުން، މަހުލޫފަށް އާއިލާއާއި ބައްދަލުކުރުން މަނާވެއްޖެ

މަޖިލީހުގެ ޖަލްސާ ނިންމުމަށް ފަހު ދޫނިދޫއަށް ގެންދިޔަ އިރު ޖަލަށް ނުވެއްދޭ ތަކެތި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފުގެ އަތުން ފެނިފައިވާތީ އޭނާ އާއި ދެކޮޅަށް ފިޔަވަޅު އަޅައިފި އެވެ. ފުލ...

07 Apr 2015 | 09:50

މަޖިލީހުގެ ޖަލްސާ ނިންމުމަށް ފަހު ދޫނިދޫއަށް ގެންދިޔަ އިރު ޖަލަށް ނުވެއްދޭ ތަކެތި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފުގެ އަތުން ފެނިފައިވާތީ އޭނާ އާއި ދެކޮޅަށް ފިޔަވަޅު އަޅައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ މަޖިލީހުގެ ޖަލްސާ ނިންމަވާލެއްވުމަށްފަހު މަހްލޫފް އިއްޔެ ދޫނިދޫއަށް ވަޑައިގެން މަގުމަތީގައި އޭނާގެ ޖީބުން ސުޕާރީއާ ސިނގިރެޓް ފެނިފައިވާ ކަަމަށެވެ.

އޮފިސަރު ވިދާޅުވީ ޖަލު ބަންދުގައި އެއްވެސް މީހަކު ހުންނަނަމަ އެމީހަކަށް ޖަލަށް ނުވެއްދޭ ތަކެތި ހުންނާނެ ކަމަށާއި އެގޮތުން ސުޕާރީއާ ސިނގިރެޓް ވެސް ޖަލަށް ނުވެއްދޭނެ ކަމަށެވެ. އެހެންކަމުން މަހްލޫފަށް ފިޔަވަޅު އެޅީ ޖަލަށް ނުވެއްދޭ ތަކެތި ޖަލަށް ވައްދަން މަސައްކަތް ކުރުމުން ކަމަށް ފުލުހުން ބުނެ އެވެ.

އޭނާ ވިދާޅުވީ މަހްލޫފާއި ދެކޮޅަށް ފިޔަވަޅު އެޅުމާއި ގުޅިގެން މިހާރު އޭނާ ޖަލުގައި އެހުންނަވާ މުއްދަތުގައި އޭނާއަށް އާއިލާއާ ބައްދަލުކުރުމުގެ ފުރުސަތު ނުލިބޭނެ ކަަމަށެވެެ. އެހެންނަަަމަވެސް ހާއްސަ ކަމެއް ދިމާވެގެން ހާއްސަ އުސޫލަކުން އެކަން ހަމަޖެހިގެން ހިނގައިދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މަހުލޫފު ފުލުހުން ހައްޔަރުކުރީ އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މުޒާހަރާއެއްގެ ތެރެއިން ފުލުހުންގެ ބެރިކޭޑް ފަޅާލަން މަސައްކަތް ކުރިކަމަށް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް