ހަލާކުވެފައިވާ ހުރިހާ އޮއިވާލި ކަނދުފަތިތަކެއް ހަރުކޮށްފި

ރާއްޖޭގެ މަސް ކަނޑުތަކުގައި ފިޝަރީޒް މިނިސްޓްރީން ހަރުކޮށްފައިވާ އޮއިވާލި ކަނދުފަތިތަކުގެ ތެރެއިން ހަލާކުވެފައިވާ ހުރިހާ ކަނދުފަތިތައް ހަރުކޮށް ނިންމައިފި އެވެ. ފިޝަރީޒް މިނިސްޓްރީން ބުނީ ރާއްޖޭގެ މަސ...

07 Apr 2015 | 09:22

ރާއްޖޭގެ މަސް ކަނޑުތަކުގައި ފިޝަރީޒް މިނިސްޓްރީން ހަރުކޮށްފައިވާ އޮއިވާލި ކަނދުފަތިތަކުގެ ތެރެއިން ހަލާކުވެފައިވާ ހުރިހާ ކަނދުފަތިތައް ހަރުކޮށް ނިންމައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ރާއްޖޭގެ މަސް ކަނޑުގެ ސަރަހައްދުތަކުގައި އަޅާފައިވާ އޮއިވާލި ކަނދުފަތިތަކުގެ ތެރެއިން ހަލާކުވެގެން ރިޕޯޓުކޮށްފައިވަނީ 11 ކަނދުފަތިކަމަށެވެ.

އެ މިނިސްޓްރީން ބުނީ ހަލާކުވެފައިވާ ކަނދުފަތިތައް ހުރީ އުތުރާއި ދެކުނުގައި ކަމުން އެ އެއްޗެހި އަލުން އަޅާފައިވަނީ މިނިސްޓްރީގެ ދޯންޏެއް އެ ސަރަހައްދުތަކަށް ފޮނުވައިގެން ކަަމަށެވެ.

ހަލާކުވެގެން އަލުން އެޅި 11 އޮއިވާލި ކަނދުފައްޗާއި އެކު މިހާރު ރާއްޖޭގައި މަސްވެރިކަން ކުރުމަށް 54 އޮއިވާލި ކަނދުފަތި އޮންނާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް