ތިމަރަފުށްޓަށް ހޮނުއަޅައި ގެއްލުންތަކެއް ވެއްޖެ

ތ. ތިމަރަފުށީގެ އެކި ސަރަހައްދުތަކަށް ހޮނުއަޅައި ގެއްލުން ވެއްޖެ އެވެ. ތިމަރަފުށީ ކައުންސިލުން ބުނީ ހޮނު އެޅީ މިއަދު ހެނދުނު 10:15 އާއި 10:30 އާއި ދެމެދު ވަގުތެއްގައި ކަމަށެވެ. ހޮނު އަޅާފައިވަނީ އެ ރަ...

07 Apr 2015 | 08:40

ތ. ތިމަރަފުށީގެ އެކި ސަރަހައްދުތަކަށް ހޮނުއަޅައި ގެއްލުން ވެއްޖެ އެވެ.

ތިމަރަފުށީ ކައުންސިލުން ބުނީ ހޮނު އެޅީ މިއަދު ހެނދުނު 10:15 އާއި 10:30 އާއި ދެމެދު ވަގުތެއްގައި ކަމަށެވެ. ހޮނު އަޅާފައިވަނީ އެ ރަށުގެ އެއާޕޯޓުގެ ހިއްކި ސަރަހައްދަށާއި މެޖިސްޓްރޭޓް ކޯޓު ހުންނަ ސަރަހައްދަށް ކަމަށެވެ.

އެއާޕޯޓުގެ ހިއްކި ސަރަހައްދަށްހޮނުއަޅައި އެހިސާބު ގެތަކުން ކަރަންޓް ކެނޑި، ބައެއް ގޭގޭގައި ބޭނުން ކުރާ އިލެކްޓްރޯނިކް ސާމާނުތަކަށް ގެއްލުން ވެފައިވާ ކަމަށް ތިމަރަފުށީ ކައުންސިލުން ބުންޏެވެ.

މެޖިސްޓްރޭޓް ކޯޓު ހުންނަ ސަރަހައްދަށް ހޮނު އެޅުމުގެ ސަބަބުން ކޯޓުގެ އިލެކްޓްރޯނިކް ބައެއް ސާމަނަށް ގެއްލުން ލިބިފައި ވެއެވެ.

ތިމަރަފުށްޓަށް ރެއިން ފެށިގެން ބޯކޮށް ވާރޭވެހެމުންދާއިރު ހޮނުއެޅުމުގެ ސަބަބުން ގެއްލުން ލިބުނު ގޭގޭގެ ކަރަންޓަށް ދިމާވި މައްސަލަ ހައްލަު ކުރުމަށް އެރަށޫ އިންޖީނު ގެއިން ދަނީ މަސައްކަތް ކުރަމުންނެވެ.

ރާއްޖޭގެ އެކި ހިސާބަށް މިހާރު ކުރަމުން އަންނަ ވިއްސާރައާ ގުޅިގެން މެޓް އޮފީހުން ބުނީ ކުރިޔަށް އޮތް 24 ގަޑިއިރުވެސް ވިއްސާރަ ވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް