އައިއެސްގެ ހަނގުރާމަވެރިންގެ މެދުގައި ނުރައްކާތެރި ބައްޔެއް ފެތުރެނީ

ސީރިޔާ އާއި އިރާގުގެ ބޮޑުބައެއް ހިފައިގެން އުޅޭ އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިންގެ މެދުގައި ނުރައްކާތެރި ބައްޔެއް ފެތުރެން ފަށައިފި އެވެ. "ލީޝްމަނާއިސިސް" ގެ ނަމުން ނަންދެވިފައިވާ އެބަލި ޖެހުމުން ގ...

07 Apr 2015 | 08:31

ސީރިޔާ އާއި އިރާގުގެ ބޮޑުބައެއް ހިފައިގެން އުޅޭ އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިންގެ މެދުގައި ނުރައްކާތެރި ބައްޔެއް ފެތުރެން ފަށައިފި އެވެ.

"ލީޝްމަނާއިސިސް" ގެ ނަމުން ނަންދެވިފައިވާ އެބަލި ޖެހުމުން ގައިގެ ހަންގަނޑު ހަލާކުކޮއްލާ ބޮޑު ފާރުތަކެއް ހަށިގަނޑުގައި އުފެދޭ ކަމަށް ވެ އެވެ. އެ ބައްޔަކީ އެކަށީގެންވާ ފަރުވާ ނުހޯދައިފިނަމަ ފުރާނައަށް ނުރައްކާވުން އެކަށީގެންވާ ބައްޔެކެވެ.

މިހާރު އައިއެސްގެ ހަނގުރާމަވެރިންގެ މެދުގައި ފެތުރެމުންދާ އެ ބަލިޖެހިގެން މިހާތަނަށް ދުނިޔެއިން އެއްލައްކައަށްވުރެ ގިނަ މީހުން ރިޕޯޓުކޮއްފައިވާކަމަށް އިނގިރޭސިވިލާތުގެ މީޑިއާ ރިޕޯޓުތައް ބުނެއެވެ. ސާފުތާހިރުކަން ކުޑަވުމާއި ތަޣައްޔަރުކަމުގެ ސަބަބުން ހަލުވިކަމާއެކު ފެތުރެމުންދާ އެބަލީގެ އަސަރު އެންމެބޮޑަށް ކޮށްފައިވަނީ ސީރިޔާގެ ރައްގާ ގައި ދިރިއުޅޭ ރައްޔިތުންނަށެވެ.

އެބައްޔަކީ ފަސޭހައިން ފަރުވާކުރެވޭ ބައްޔެއް ނަމަވެސް، ސީރިޔާގައި އެބައްޔަށް ފަރުވާ ދިނުމަށް ހަރަކާތްތެރި ވަމުން ދިޔަ މެޑިސިން ސޭންސް ފުރޮންޓީއާގެ ޑޮކްޓާރުން ވަނީ އައިއެސްއިން ސީރިޔާގެ އިރު އުތުރުގެ ޝަހަރު ހިފުމާއި ގުޅިގެން އެހިސާބު ދޫކޮށް ގޮސްފައެވެ.

ލިޝްމަނާއިސިސް ބަލި ޖެހެނީ ސޭންޑްފްލައިސްގެ ވަކި ވައްތަރެއްގެ ސުއިއްޕެއް ދަތް އެޅުމުންއެވެ.

އެބައްޔަކީ ބަނޑުހައިހޫނުކަމާއި، ހަނަފަސް ގައުމުތަކުގައި ފެތުރޭ ބައްޔެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް