ކަރަންޓް ސަބްސިޑީއަށް އެދުމުގެ މުއްދަތު އިތުރުކޮށްދޭން ޖެހޭ: މާލޭ ސިޓީ ކައުންސިލް

މާލެ ސިޓީގެ ގިނަ ރައްޔިތުންނަށް ކަރަންޓު ސަބްސިޑީ ނުލިބިދާނެތީ، ސަބްސިޑީއަށް އެދުމުގެ މުއްދަތު އިތުރުކޮށް ދީ އެކަން އަލުން މުރާޖާ ކުރުމަށް ކަމާބެހޭ ފަރާތްތަކަށް މާލޭ ސިޓީ ކައުންސިލުން ގޮވާލައިފި އެވެ....

07 Apr 2015 | 06:44

މާލެ ސިޓީގެ ގިނަ ރައްޔިތުންނަށް ކަރަންޓު ސަބްސިޑީ ނުލިބިދާނެތީ، ސަބްސިޑީއަށް އެދުމުގެ މުއްދަތު އިތުރުކޮށް ދީ އެކަން އަލުން މުރާޖާ ކުރުމަށް ކަމާބެހޭ ފަރާތްތަކަށް މާލޭ ސިޓީ ކައުންސިލުން ގޮވާލައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކުރިއްސުރެ ދެމުން ގެންދިޔަ ކަރަންޓް ސަބްސިޑީ ސަރުކާރުން ކަނޑާލުމަށްޓަކައި، އަލުން ސަބްސިޑީއަށް ރަޖިސްޓްރީ ކުރުމަށް ހުޅުވާލި މުއްދަތުގައި އެކަން އާންމުންނަށް އަންގައި ދިނުމުގެ ގޮތުން އެކަމާއި ބެހޭ މައުލޫމާތުތައް އެކަށީގެންވާ ވަރަށް އާންމުންނަށް ފޯރުކޮށްދީފައި ނުވާ ކަމަށށް އެކޮމިޝަނުން ދެކޭ ކަމަށެވެ. އެކައުންސިލުން ބުނީ މުއްދަތު ހަމަވާން މިހާ ކައިރިވެފައިވާއިރު އެހާ މަދުބަޔަކު ފޯމް ލާފައިވަނީ މައުލޫމާޓު އެކަށީގެންވާ ގޮތުގައި ފޯރުކޮށްދެވިފައި ނުވާތީ ކަމަށެވެ.

"މާލޭގައި ދިރިއުޅުމުގެ ހަރަދު އެއްދުވަހުން އަނެއްދުވަހަށް އުފުލެމުންދާއިރު، ސަރުކާރުން ފޯރުކޮށްދެމުން ގެންދިޔަ ކަރަންޓް ސަބްސިޑީ ކަނޑާލައިފިނަމަ، އެފަދަ އާއިލާ ތަކަށް ލިބޭ އާމްދަނީން ދެކޮޅު ނުޖެހި އާއިލާތައް އިތުރަށް ބިކަވެ ހާލުގައި ޖެހޭނެ،" ސިޓީ ކައުންސިލުގެ ބަޔާނުގައި ބުނެފައި ވެއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ ކަރަންޓް ސަބްސިޑީ ލިބެންޖެހޭ އާއިލާތަކުގެ ތެރެއިން ސަބްސިޑީ ނުލިބި ގިނަބަޔަކު ވުމަކީ އެ ކައުންސިލުން ކަންބޮޑުވާ ކަމެއް ކަމަށެވެ. ކަރަންޓް ސަބްސިޑީއަށް ފޯމް ހުށަހެޅުމުގެ އެންމެ ފަހު ދުވަހަކީ އަންނަ ބުރާސްފަތި ދުވަހެވެ.

އެންސްޕާއިން ބުނެފައިވަނީ ފޯމް ހުށަނާޅާ އެއްވެސް ފަރާތަކަށް މި އެޕްރިލް މަހުން ފެށިގެން ކަރަންޓް ސަބްސިޑީ ނުލިބޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް