ނަޝީދަށް އެމްޑީޕީގެ ރައީސްކަމާއި މެންބަރުކަން ގެއްލޭ ބިލް އަނބުރާ މަޖިލީހަށް!

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެމްޑީޕީގެ ރައީސްކަމާއި މެމްބަރުކަން ގެއްލޭ ގޮތަށް، ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް މަޖިލީހުން ގެނައި އިސްލާހުގެ ބިލް، ރައީސް އަބްދުﷲ ޔާމީން ތަސްދީގު ނުކުރައްވައި އަނބުރ...

07 Apr 2015 | 06:37

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެމްޑީޕީގެ ރައީސްކަމާއި މެމްބަރުކަން ގެއްލޭ ގޮތަށް، ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް މަޖިލީހުން ގެނައި އިސްލާހުގެ ބިލް، ރައީސް އަބްދުﷲ ޔާމީން ތަސްދީގު ނުކުރައްވައި އަނބުރާ މިއަދު މަޖިލީހަށް ފޮނުއްވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވިދާޅުވި ގޮތުގައި އެ ބިލް އަނބުރާ މަޖިލީހަށް ފޮނުއްވީ، އެ ބިލަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލްގެ ލަފާ ހޯއްދެވި އިރު، ގާނޫނީ ގޮތުން "ކަންބޮޑުވުންތަކެއް ފާޅުކުރައްވާފައި ހުރުމުން" ކަމަށެވެ. މުއާޡު ވިދާޅުވީ ބިލް އަނބުރާ ފޮނުއްވާލީ ބަންޑާރަ ނާއިބް ފާޅުކުރައްވާފައިވާ ކަންބޮޑުވުންތަކަށް މަޖިލީހުގެ މެންބަރުން އިތުރަށް ބެއްލެވުމަށް ކަމަށެވެ.

އެ ބިލްގައި ކަންބޮޑުވުންތަކެއް ހުރި ކަމަށް ބަންޑާރަ ނާއިބު ލަފާ ދެއްވި ކަމަށޤ މުއާޒު ވިދާޅުވި އިރު އެ ބިލް މަޖިލީހަށް ހުށަހެޅީވެސް ސަރުކާރުންނެވެ.

ގައިދީންނަށް ސިޔާސީ ޕާޓީގެ މެމްބަރުކަމުގައި އަދި ޕާޓީއެއްގެ އެއްވެސް މަގާމެއްގައި ނުހުރެވޭ ގޮތަށް ޖަލުތަކާއި ޕެރޯލްގެ ގާނޫނު އިސްލާހު ކުރަން ފާސްކުރީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ.

ބިލް ތަސްދީގު ނުކުރައްވަން ރައީސް ނިންމަވާ ބިލް އަނބުރާ ފޮނުއްވާލާފައި މިވަނީ މިދިޔަ ހަފްތާގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާއެއްގައި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު އެ ބިލްގައި ގާނޫނާއި ފުށުއަރާ ކަންކަން ހުރި ކަންފާހަގަކޮށް ބަންޑާރަނާއިބް މަޖިލީހަށް ސިޓީއެއް ފޮނުއްވާފައިވާކަމަށް ވިދާޅުވެފައިވަނިކޮށެވެ.

އަދި އެ ބިލް ރައީސް ތަސްދީގު ކުރައްވައިފި ނަމަ އޭގެ މާނައަކީ ބަންޑާރަ ނާއިބް ދެ އަނގައިން ވާހަކަދައްކަވަނީކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް