އެމްޑީޕީން މަޖިލީހުގެ ޖަލްސާތަކުގައި އިހުތިޖާޖު ކުރުން މެދުކަނޑާލައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހަށް އެމްޑީޕީން ފޮނުވާފައިވާ ސިޓީގެ ޖަވާބު ލިބެންދެން މަޖިލީހުގެ ޖަލްސާތަކުގައި އިހްތިތޖާޖު ނުކުރަން އެ ޕާޓިން ނިންމައިފި އެވެ. އެމްޑީޕީން މަޖިލީހުގެ ރައީސަށ...

07 Apr 2015 | 05:27

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހަށް އެމްޑީޕީން ފޮނުވާފައިވާ ސިޓީގެ ޖަވާބު ލިބެންދެން މަޖިލީހުގެ ޖަލްސާތަކުގައި އިހްތިތޖާޖު ނުކުރަން އެ ޕާޓިން ނިންމައިފި އެވެ.

އެމްޑީޕީން މަޖިލީހުގެ ރައީސަށް ފޮނުވި ސިޓީގައި އެދިފައިވަނީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ޖަލަށް ލާފައިވާ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި އެމްޑީޕީގެ މެމްބަރުން ކުރާ އިހުތިޖާޖާ ގުޅޭ ގޮތުންނާއި "ގަވައިދާ ހިލާފަށް" މަޖިލިސް ގެންދަވާ ކަމަށް ވިދާޅުވެ އެކަމަށް ހައްލެއް ހޯޯދައިދިނުމަށެވެ.

އެމްޑީޕީގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެފައިވަނީ އެ ޕާޓީން އަބަދުވެސް މަޝްވަރާތަކަށް ޖާގަދޭކަމަށާއި އެ ފުރުސަތު ދިނުމުގެ ގޮތުން މަޖިލީހުގެ ޖަލްސާތަކުގައި އެމްޑީޕީން ބައިވެރިނުވާނެ ކަމަށެވެ. އަދި އެ ގޮތަށް އެ ޕާޓީން އެދުމުން މިއަދު މަޖިލީހުގެ ރައީސް އެމްޑީޕީގެ ޕީޖީ ލީޑަރާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ޖަލްސާތައް މިދިޔަ މަހު ފެށި ފަހުން އެމްޑީޕީގެ މެމްބަރުން ގެންދަނީ މަޖިލީހުގެ ޗެމްބަރުގައި ކޮންމެ ދުވަހަކު އަޑުގަދަކޮށް ދުންމާރި އާއި ތާޅަފިލި ބޭނުންކޮށްގެންވެސް އަޑުގަދަ ކުރަމުންނެވެ. ނަމަވެސް އޭޣެން އެއްވެސް އަޑަކަށް ބެލުމެއް ނެތި މިވީހާ ތަނަށް މަޖިލީހުގެ ރައީސް ވަނީޖަލްސާތައް ކުރިޔަށް ގެންގޮސްފަ އެވެ.

މިއަދު މަޖިލީހުގެ ޖަލްސާތައް ވަނީ ލައިވްކުރަން ވެސް ފަށާފައެވެ.

.........

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް