ބީއެމްއެލްއިން ދޫކުރާ ލޯނުތަކަށް ބަދަލު ގެންނަނީ

ބޭންކް އޮފް މޯލްޑިވްސްއިން މިހާރު ދޫކުރަމުންދާ ލޯނުތައް ވީހާވެސް ގިނަ ކަސްޓަމަރުންނަށް ލިބޭނެ ފުރުސަތު ހޯދައި ދިނުމަށް، ލޯނުތަކަށް ވަރަށް އަވަހަށް ބަދަލުތަކެއް ގެންނަން ހަމަޖެހިފައިވާ ކަމަށް އެބެންކުނ...

07 Apr 2015 | 05:03

ބޭންކް އޮފް މޯލްޑިވްސްއިން މިހާރު ދޫކުރަމުންދާ ލޯނުތައް ވީހާވެސް ގިނަ ކަސްޓަމަރުންނަށް ލިބޭނެ ފުރުސަތު ހޯދައި ދިނުމަށް، ލޯނުތަކަށް ވަރަށް އަވަހަށް ބަދަލުތަކެއް ގެންނަން ހަމަޖެހިފައިވާ ކަމަށް އެބެންކުން ބުނެފިއެވެ.

ބީއެމްއެލްއިން ނެރުނު ބަޔާނެއްގައި އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވީ، އެ ބޭންކު މިހާރު އޮތީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ހުޅުވާލެވިފައި ކަމަށެވެ. އޭނާ ވިދާޅުވީ ލޯނުތަކަށް ގެންނަ ބަދަލުތައް އަންނަ ހަފްތާއިން ފެށިގެން އާންމު ކުރަން ފަށާނެކަމަށެވެ.

"މިހާރު ބޭންކުން ދޫކުރާ ލޯނުތަކަށް ގެންނަ ބަދަލުތައް ކުރިއަށް ހުރި ހަފްތާތަކުގައި އަޅުގަނޑުމެން ހާމަކުރާނަން. އަދި ހަމައެހެންމެ އާ ލޯނުވެސް ތައާރަފްކުރެވިގެންދާނެ. ލޯނަށް އެދި ހުށަހެޅުމުގައި ދިމާވާ މައްސަލަތައް ހައްލުކުރެވި އަދި ލޯނު ލިބުމަށް ނަގާ މުއްދަތު ކުޑަކުރެވިގެން ދިޔުމަކީ ވެސް އަޅުގަނޑުމެންގެ އަމާޒެއް،" އެންޑްރޫ ވިދާޅުވިއެވެ.

އެ ބޭންކުން މިހާތަނަށް އަށް ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ލޯނު ދޫކޮށްފައިވާއިރު ރާއްޖޭގެ އިގްތިސާދު ހަރުދަނާ ކުރުމަށް ކުރިއަށްއޮތްތަނުގައި ގިނަ ފަރާތްތަކަކަށް ލޯނު ލިބޭނެ ގޮތްތަކެއް ތައާރަފްކުރުމަށް ވަނީ ނިންމާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް