އަނގޮޅިތީމާއި ވާދޫ ކައުންސިލްގެ ބައި އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ރ. އަނގޮޅިތީމާއި ގދ. ވާދޫ ކައުންސިލުގެ ބައި އިލެކްޝަންގައި ވާދަ ކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފި އެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ދެ ދާއިރާގެ ބައި އިލެކްޝަނަށް ކުރުމަތިލުމަށ...

07 Apr 2015 | 04:50

ރ. އަނގޮޅިތީމާއި ގދ. ވާދޫ ކައުންސިލުގެ ބައި އިލެކްޝަންގައި ވާދަ ކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ދެ ދާއިރާގެ ބައި އިލެކްޝަނަށް ކުރުމަތިލުމަށް އެދޭ ފަރާތްތަކަށް އިއްޔެއިން ފެށިގެން މިމަހުގެ 19 ވަނަ ދުވަހަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ބަންދު ދުވަސްތައް ފިޔަވާ އެެހެން ދުވަސް ދުވަހު ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހެނދުނު 08:00 އިން ފެށިގެން މެންދުރުފަހު 3:00 އަށް ކަމަށާއި ބަންދު ދުވަސްތަކުގައި ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައި ވަނީ މެންދުރުފަހު 02:30 އިން ހަވީރު 04:30 އަށް ކަމަށެވެ.

އަނގޮޅިތީމާއި ވާދޫ ކައުންސިލްގެ ބައި އިލެކްޝަން ބާއްވަނީ އަނގޮޅިތީމު އެކައުންސިލްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި މުހުތާރު މުހައްމަދާއި ވާދޫ ކައުންސިލްގެ ނައިބު ރައީސްގެ ގޮތުގައި ހުންނެވި އަސަދުﷲ ޝާފީ އަހުމަދު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

އެ ދެ ކައުންސިލްގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ މެއި މަހުގެ 23 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް