ދިޔަވަރުގައި ލިޔެފައިވަނީ ބުހުތާނު ވާހަކަތަކެއް – ރޯޔަލް އައިލެންޑަށް ނުދާތާވެސް ތިން އަހަރު ވެދާނެ: ޤާސިމް އިބްރާހީމް

" ރޯޔަލް އައިލެންޑުގައި އުއްތަމަ ފަނޑިޔާރާއި، ޖަންގިޔާ ނާޒިމް ސުޕްރީމްކޯޓު ފަނޑިޔާރުންނާއި ދެކޮޅަށް ރޭވި ސިއްރު ރޭވުން" މި ސުރުހީގެ ދަށުން ދިޔަވަރުގައި ލިޔެފައިވަނީ ބުހުތާނު ވާހަކަތަކެއް ކަމުގައި ޤާސި...

07 Mar 2025 | 18:41

" ރޯޔަލް އައިލެންޑުގައި އުއްތަމަ ފަނޑިޔާރާއި، ޖަންގިޔާ ނާޒިމް ސުޕްރީމްކޯޓު ފަނޑިޔާރުންނާއި ދެކޮޅަށް ރޭވި ސިއްރު ރޭވުން" މި ސުރުހީގެ ދަށުން ދިޔަވަރުގައި ލިޔެފައިވަނީ ބުހުތާނު ވާހަކަތަކެއް ކަމުގައި ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޤާސިމް މިހެން ވިދާޅުވީ މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި ޤާސިމް ވިދާޅުވެފައިވަނީ އެ އާޓިކަލްގައި ހަޤީޤަތް ނެތް މިންވަރުގެ ފުރިހަމަ އެއް މިސާލަކީ، 2025 ވަނަ އަހަރު ޖަނަވަރީ މަހު، މާލެއިން ރޯޔަލް އައިލެންޑަށް އަޙްމަދު ނާޒިމް ( މަޖިލިސް ނައިބު ރައީސް ) ވަޑައިގެން، ޤާސިމް އާއި އުއްތަމަ ފަނޑިޔާރާއި، މުހައްމަދު ޝިހާބު ރޯޔަލް އައިލަންޑުގައި ބައްދަލު ކުރިކަމަށްލިޔެފައި ވުން ކަމަށެވެ.

"އަޅުގަނޑުގެ ކުންފުނިން ހިންގާ ރިސޯޓެއް ނަމަވެސް އަޅުގަނޑު  ރޯޔަލް އައިލެންޑް އަށް ނުދާތާވެސް މިހާރު ތިން އަހަރު ވެދާނެ" ޤާސިމް ވިދާޅުވެފައިވެއެވެ.

އެ އާޓިކަލްގައި ބަޔާންކޮށްފައިވާ މުޙައްމަދު ޝިހާބުވެސް އަދި މިހާރުގެ އުއްތަމަ ފަނޑިޔާރުވެސް ރޯޔަލް އައިލަންޑް ރިސޯޓަށް 2024 އަދި ހިނގަމުން މިދާ 2025 ވަނަ އަހަރުގެ މިހިސާބަށް އެ ރިސޯޓަށް އެއްވެސް ބޭނުމަކު ވަޑައިގެންފައިނުވާކަމުގައިވެސް ޤާސިމް ވިދާޅުވެފައިވެއެވެ.

ހިންގަނީ ކޮން ބަޔަކުކަން ނޭނގޭގޮތަށް ހިންގަމުން އަންނަ ދިޔަވަރުގައި ބުދަ ދުވަހު ލިޔެފައިވާ އެބުނާ ލިޔުމެއްގައި ބުނެފައިވާގޮތުގައި ޤާސިމް އިބްރާހީމްގެވެސް ހާޒިރުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޠިމް އާއި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން މި އަހަރުގެ ޖަނަވަރީ މަސް ތެރޭގައި ރޯޔަލް އައިލެންޑް ރިސޯޓުގައި ބައްދަލުކުރި ކަމަށެވެ.

މިކަން މިރޭ ދޮގުކުރައްވައި ޤާސިމް އެކްސްގައި ކުރެއްވި ޕޯސްޓްގައި އިތުރަށް ވިދާޅުވެފައިވަނީ ނޫސްވެރިކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމަކީ، ހަޤީޤަތެއް ނެތް ދޮގުވާހަކަ ފަތުރާ ސިޔާސީ މަޤްޞަދުތައް ހާސިލް ކުރުމުގެ ބޭނުމުގައި މުޖުތަމަޢު ފަސާދަ ކުރުމަށްއޮތް ލައިސަންސެއް

ކަމަށް ދެކި، މިފަދަ ޢަމަލު ތައް ތަކުރާރު ކުރާފަރާތްތަކަށް ޤާނޫނީ ފިޔަވަޅު އެޅިގެން ނޫނީ މިފަދަ ކަންކަން ހުއްޓުމަކަށް ނާންނާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް