ބްލެކްސްޓޯން އިން ޓީއެމްއޭ ގަތުމުގެ އެންމެ ފަހުގެ މަރުހަލާތައް ކުރިއަށް !

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަލުން ގަތުމުގެ އެންމެ ފަހުގެ މަރުހަލާތައް ބްލެކްސްޓޯން ކުންފުނިން މިހާރު ކުރިއަށްގެންދާކަމަށް އިކޮނޮމިކް ޓައިމްސް އިން ރިޕޯޓްކޮށްފިއެވެ. އެ ނޫހުން ބައެއް މަސ...

06 Mar 2025 | 22:17

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަލުން ގަތުމުގެ އެންމެ ފަހުގެ މަރުހަލާތައް ބްލެކްސްޓޯން ކުންފުނިން މިހާރު ކުރިއަށްގެންދާކަމަށް އިކޮނޮމިކް ޓައިމްސް އިން ރިޕޯޓްކޮށްފިއެވެ.

އެ ނޫހުން ބައެއް މަސްރުތަކާ ހަވާލާދީ ބުނެފައިވަނީ ޓީއެމްއޭ ވިއްކާލުމުގެ ހުށަހެޅުންތައް އިންޑިއާގެ ޓާޓާ އަދި އިންޓަގްލޯބް ކުންފުންޏަށްވެސް ހުށަހެޅިއެވެ. އެހެންނަމަވެސް ކާރިސީ ހާލަތްތަކުގައި ޓީއެމްއޭފަދަ ކުންފުނިތަކަށް ގޮންޖެހުންތައް ކުރިމަތިވާތީ ޓާޓާ އަދި އިންޓަގްލޯބް އިން އެ ޑީލަށް އެއްބަސްވެފައެއް ނުވެއެވެ.

ޓީއެމްއޭ ވިއްކާލުމުގެ ވާހަކަ މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި އަޑު އިވިގެންދިޔައެވެ.

އިންވެސްޓްމަންޓް ކުންފުންޏެއް ކަމުގައިވާ ކާލައިލް ގްރޫޕުން މިހާރު ހިންގަމުން އަންނަ ޓީއެމްއޭ ވިއްކާލަން ނިންމިކަން އޭރު ހާމަކުރިއެވެ.

ބްލެކްސްޓޯން ކުންފުންޏަކީ 2013ގައިވެސް ޓީއެމްއޭ ގަތް ކުންފުންޏެކެވެ. ބްލެކްސްޓޯން އިން ބެއިން ކެޕިޓަލް އެންޑް ޓެމްޕަސް ގްރޫޕަށް ޓީއެމްއޭ ވިއްކާލީ 2017 ވަނަ އަހަރުގައެވެ.

މި އަހަރުގެ ޖަނަވަރީ މަހުގެ 15 ވަނަ ދުވަހު ދައުރު ނޫހުގެ ވިޔަފާރި ނޫސްވެރިޔާ އަހުމަދު ނާއިފް ރިޕޯޓްކޮށްފައިވާގޮތުގައި ޓީއެމްއޭފަދަ ކުންފުނިތައް މިފަދައިން ވިއްކާލަނީ ބޭރުގެ ކުންފުނިތަކުން މިފަދަ ކުންފުނިތައް ގަނެ ފައިދާގައި ހިންގުމަށްފަހުގައި ބޮޑު އަގުގައި ވިއްކާލުމުގެ ގޮތުންނެވެ.

ނާއިފްގެ އެ އާޓިކަލްގައި ރިޕޯޓްކޮށްފައިވާގޮތުގައި ޓީއެމްއޭގެ ހިއްސާ 2013 ވަނަ އަހަރު އެމެރިކާގެ ވަލްޗާ ކެޕިޓަލް ފާމަކުން ގަތް ފަހުން ޓީއެމްއޭގެ ހިއްސާ އަންނަނީ އެ ގަންނަ ފަރާތަކުން ދޭތެރެއިން ވިއްކަމުންނެވެ. ބްލެކް ސްޓޯންއިން އެ ކުންފުނި ވިއްކާލީ ބެއިން ކެޕިޓަލް އަށެވެ. އެހެން ނަމަވެސް ކޮވިޑް ތެރޭ ދިމާވި ދަރަނީގެ މައްސަލަތަކާ ހުރެ ކާލައިލް ގުރޫޕަށް އެ އެއާލައިން ވިއްކާލަން އޭރު މަޖުބޫރުވީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް