ޓްރީ ޓޮޕް ހޮސްޕިޓަލް އިން މުޅިން އަލަށް ތަޢާރަފްކޮށްފައިވާ ވެލް ޗައިލްޑް ޕެކޭޖަށް ބަލައިލުމެއް

ސިއްޙީގޮތުން ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށްޓަކައި ކޮންމެ ކުއްޖަކުވެސް އެންމެ ތުއްތު އިރުން ފެށިގެން ގަވާއިދުން ހެލްތް ސްކްރީން ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެންކަމުން ޓްރީ ޓޮޕް ހޮސްޕިޓަލްގެ ފަ...

07 Mar 2023 | 17:57

ސިއްޙީގޮތުން ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށްޓަކައި ކޮންމެ ކުއްޖަކުވެސް އެންމެ ތުއްތު އިރުން ފެށިގެން ގަވާއިދުން ހެލްތް ސްކްރީން ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

އެހެންކަމުން ޓްރީ ޓޮޕް ހޮސްޕިޓަލްގެ ފަސް ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ވަނީ ކޮންމެ ކުއްޖަކަށްވެސް މި ސްކްރީނިންގ ޕްރޮގްރާމްތަކުގެ ޚިދުމަތް ފަސޭހަ ކަމާއެކު ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ވެލް ޗައިލްޑް ޕެކޭޖް ތަޢާރަފް ކޮށްފައެވެ.

މި ޕެކޭޖް ބޭނުންކޮށްގެން މައިންބަފައިންނާއި ބެލެނިވެރިންނަށް ކުއްޖާގެ ސިއްޙަތާއި ދުޅަހެޔޮކަމާއި ގުޅޭގޮތުން އެނގެން ޖެހޭ ގިނަ މައުލޫމާތުތައް އެނގިގެންދާނެއެވެ. އެގޮތުން ކުޑަކުދިންގެ ޚާއްސަ ތަޖުރިބާކާރު ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން ނަގަން ޖެހޭ ފިޔަވަޅުތައް ނެގުމުގެ ނަތީޖާއެއްގެ ގޮތުން ކުއްޖާގެ ހެދިބޮޑުވުމުގައި އެއްވެސް އުނިކަމެއްވާނަމަ އެކަމަށް ދެވެން އޮތް އެންމެ އެކަށީގެންވާ ފަރުވާ ދެވިގެންދާނެއެވެ.

މި ޕެކޭޖް އެކުލަވާލައިފައިވަނީ ތަފާތު އިންވސްޓިގޭޝަންތަކާއި ޕްރޮސީޖަރތަކުގެ މައްޗަށެވެ. އެގޮތުން ނިއުޓްރިޝަނަލް އެސެސްމެންޓް، އަޔަން އަދި ފެރިޓިނ ޗެކްއަޕް، ފުލް ބްލަޑް ކައުންޓް، ލިވާރ އަދި ރެނަލް ފަންކްޝަން ފަދަ ތަފާތު ޓެސްޓްތައް މި ޕެކޭޖްގައި ހިމެނެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލް އިން ވަނީ ވެލް ޗައިލްޑް ޕެކޭޖް ތިންބަޔަކަށް ބަހާލާފައެވެ.

އޭގެ ތެރޭގައި ހިމެނެނީ

  • ވެލް ޗައިލްޑް ޕެކޭޖް ( 6 އަހަރުން ދަށުގެ ކުދިންނަށް)
  • ވެލް ޗައިލްޑް ޕެކޭޖް ( 6 އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންނަށް)
  • ވެލް ޗައިލްޑް ޕެކޭޖް ( 13 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންނަށް)

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ހޮސްޕިޓަލެވެ. އެގޮތުން މިހާރުވެސް މި ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއި އެކު ތަފާތު ޚިދުމަތްތައް ތަޢާރަފް ކުރަމުންނެވެ.

އިތުރު މަޢުލޫމާތު ހޯދެއްވުމަށް 3351610 އަށް ގުޅުއްވާ ނުވަތަ [email protected] އީމެއިލް ކުރައްވާ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް