ރައީސަކީ ފައިސަލް ކަމަށް ބުނެ އިދިކޮޅުން ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ރައީސް ކަމާއިމެދު ސުވާލު އުފެދޭތީ އިދިކޮޅުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފި އެވެ. މި މައްސަލަ އިދިކޮޅު ޕީޕީއެމް...

07 Mar 2023 | 11:47

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ރައީސް ކަމާއިމެދު ސުވާލު އުފެދޭތީ އިދިކޮޅުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފި އެވެ.

މި މައްސަލަ އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ކޯޓަށް ހުށަހެޅީ މިދިޔަ މަހުގެ27 ވަނަ ދުވަހު އެވެ.

އެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމައި، އެކަން މިއަދު ވަނީ އަންގައިފަ އެވެ. އޭގެ ތަފުސީލެއް އަދި ނުލިބެ އެވެ. މީގެ ކުރިން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ވެސް އެ ކޯޓުން ނިންމާފައި އޮތީ މައްސަލަ ބަަލައިނުގަތުމަށެވެ.

މި މައްސަލަ އިދިކޮޅުން ހުށަހެޅީ ރައީސް ސޯލިހު ތައިރޮއިޑުގެ އޮޕަރޭޝަނެއް ކުރައްވާތީ، ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން ނައިބު ރައީސް ފައިސަލް ނަސީމް އާ ހަވާލު ކުރެއްވުމުން ހުވާކުރެއްވިއިރު ރައީސް ކަމުގެ ހުވާ ކުރައްވާފައިވާތީ އާއި އަދި އެއަށްފަހު ރައީސަކީ ފައިސަލް ކަމުގައި ގަބޫލުކުރެވޭތީ އާއި ފައިސަލަށް ރައީސް ސޯލިހު ނުފޫޒު ފޯރުވަނީ ކަމަށް ގަބޫލުކުރެވޭތީއެވެ.

ރައީސްް ސޯލިހު ސާޖަރީއެއް ހަދަން ޖެހުމުން ރައީސް ކަމުގެ ހުވާ ނައިބު ރައީސް ފައިސަލް ކުރެއްވީ ފެބްރުއަރީ25، 2022 ގެ ހެނދުނު6:00 ގައި އެވެ. ރައީސް ސޯލިހު އަލުން ޒިންމާތަކާ ހަވާލުވެވަޑައިގަތީ އެ ދުވަހުގެ ހެނދުނު 9:30 ގަ އެވެ.

މި މައްސަލަ އިދިކޮޅުން ވަނީ މަޖިލީހަށްވެސް ހުށަހަޅާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް