ހދ. ކުނބުރުދޫ ގައި ޤާއިމުކުރާ ކުނި ޖަމާކުރާ ޝެޑުގެ މަސައްކަތުގެ 50 އިންސައްތަ ނިމިއްޖެ

ހދ. ކުނބުރުދޫ ގައި ޤާއިމުކުރާ ކުނި ޖަމާކުރާ ޝެޑުގެ މަސައްކަތުގެ 50 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ. ކުނބުރުދޫގައި ކުރިއަށް ދާ މި މަޝްރޫއު އެ ކުންފުންޏާއި ހަވާލު ކުރީ މިދިޔަ އަހަރު...

07 Mar 2023 | 11:23

ހދ. ކުނބުރުދޫ ގައި ޤާއިމުކުރާ ކުނި ޖަމާކުރާ ޝެޑުގެ މަސައްކަތުގެ 50 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

ކުނބުރުދޫގައި ކުރިއަށް ދާ މި މަޝްރޫއު އެ ކުންފުންޏާއި ހަވާލު ކުރީ މިދިޔަ އަހަރު އެވެ. މިއީ 10.45 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ކުރިޔަށް ދަނީ ކުނި ޖަމާކުރާ ޝެޑްގެ ރޫފިންގ މަސައްކަތް ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، ކުނި ޖަމާކުރާ ޝެޑެއް ހެދުމާއި އެކްސަސް ރޭމްޕެއް ހެދުމުގެ މަސައްކަތް ކުރާނެ އެވެ. އަދި އެކްސަސް ނެރު ފުންކުރުމުގެ މަސައްކަތާއި، އެކްސަސް މަގު ސާފު ކުރުމުގެ މަސައްކަތް މިހާރު ވަނީ ނިންމާލާފައި އެވެ.

މި މަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ ޕްލޭނިން މިނިސްޓްރީގެ ފަރާތުންނެވެ. މިފަދަ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންއެއްގެ ސަބަބުން ކުނބުރުދޫ ރައްޔިތުންނަށް އެކަށީގެންވާ ގޮތެއްގައި ކުނި މެނޭޖްކުރުމަށް އިތުރު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް