މާލޭގައި ފޮރުވާފައި ހުރި ހަތަރު ކިލޯގެ ޑްރަގާއި އެކު ފަސް މީހުން ހައްޔަރު ކޮށްފި

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލެއިން މަސްތުވާތަކެއްޗާއި އެކު ބަޔަކު ހައްޔަރު ކޮށްފި އެވެ. މިކަން ހާމަ ކުރެއްވީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ. އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއީ ރ...

07 Mar 2023 | 11:07

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލެއިން މަސްތުވާތަކެއްޗާއި އެކު ބަޔަކު ހައްޔަރު ކޮށްފި އެވެ.

މިކަން ހާމަ ކުރެއްވީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ.

އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރި ކަމަށް ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. އޮޕަރޭޝަން ހިންގީ މިމަހުގެ ހަތަރު ވަނަ ދުވަހު އެވެ.

މިއޮޕަރޭޝަންގައި މާލޭގެ 10 ތަނެއް ބަލާ ފާސްކޮށްފައިވެ އެވެ. އޭނާ ވިދާޅުވީ އެ ތަންތަނުން ފެނުނު މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިންގެ ބަރުދަނުގައި ހަތަރު ކިލޯ ހުރި ކަމަށެވެ.

މި މައްސަލައިގަ މިހާތަނަށް ފަސް މީހަކު ހައްޔަރު ކޮށްފައި އެވެ. ސީޕީ ހަމީދު އާންމު ކުރެއްވި ފޮޓޯތަކުން ފެންނަ ގޮތުގައި އެމީހުން މަސްތުވާތަކެތި ފޮރުވާފައި ހުރީ ދޮންނަ މެޝިނެއްގެ ތެރޭގައި އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް