ރަޝީދުގެ މަރު އާންމުންނަށް ފެނުނު ގޮތާއި ތަހުގީގީ ނަޒަރުން މަންޒަރު ތަފާތު: އިމްރާން

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި އަބްދުﷲ ރަޝީދުގެ މަރާއި ގުޅިގެން ތަހުގީގަށް ފެންނަމުންދަނީ އާންމުންނަށް އެ ދުވަހު ފެނުނު މަންޒަރާއި ތަފާތުކޮށް ކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން ވިދާލުވ...

07 Mar 2023 | 09:10

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި އަބްދުﷲ ރަޝީދުގެ މަރާއި ގުޅިގެން ތަހުގީގަށް ފެންނަމުންދަނީ އާންމުންނަށް އެ ދުވަހު ފެނުނު މަންޒަރާއި ތަފާތުކޮށް ކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން ވިދާލުވެއްޖެ އެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އޭނާގެ މަރުގެ މައްސަލައިގަ ދެކޮޅުން ހިނގައިދިޔަ ގޮތް ބަލާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މެދުތެރެއިން ފެނުނު ބައެއްގެ މައްޗަށް ބަލާފައި މައްސަލައެއްގައި އެ ވަރުގެ ޖަޖްމަންޓެއް ނެރުން އެއީ ރަނގަޅު ކަމަކަށް ނުވާނެ ކަމަށެވެ.

ރަޝީދު މަރުވީ މިދިޔަ އަހަރުގެ އޮކްޓޯބަރު25 ވަނަ ދުވަހު ގދ. ހޯނޑެއްދޫގައި ފުލުހުން ހިންގި އޮޕަރޭޝަންގައި އޭނާ ހައްޔަރު ކޮށްގެން ލޯންޗަށް އެރުވި ފަހުން މެޔަށް ތަދެއް އަރާފައި އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އޭނާ އެ އަތޮޅު މަޑަވެލީ ހެލްތް ސެންޓަރަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި އެވެ.

ރަޝީދުގެ އާއިލާއިން ބުނަމުން ދަނީ އޭނާ މަރުވީ ފުލުހުންގެ އިހުމާލުން ކަމަށެވެ. އަދި އޭނާ މެއަށް ތަދު އެރުމުންވެސް ފުލުހުން އޭނާއަށް އަވަސް ފަރުވާ ދޭން މަސައްކަތް ނުކުރާކަމަށް ތުހުމަތުކޮށްފައިވެ އެވެ.

ފުލުހުން ވަނީ ރަޝީދުގެ ޕޯސްޓްމޯޓަމްވެސް ހަދާފައި އެވެ.

އެ މަރަށް ފަސް މަސް ވެފައިވާއިރު ވެސް ފުލުހުންގެ އިހުމާލަށް ކުރާ ތުހުމަތުގެ މައްސަލައިގެ ތަހުގީގު ނިމުނު ކަމަކަށް ކަމާ ބެހޭ އިދާރާތަކުން ނުބުނެ އެވެ. އަދި ޕޯސްޓުމޯޓަމްގެ ނަތީޖާއެއްވެސް ހާމައެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް