އިންޑިއާގެ ޓިވީ ޗެނަލް، ސޮނީ ސަބުން ދައްކާ މަޝްހޫރު ޑްރާމާ ސިލްސިލާއެއް ކަމަށްވާ “އަލީ ބާބާ- ދާސްތާން އޭ ކާބުލް” ގެ ބަތަލާ ޓުނީޝާ ޝަރްމާގެ މަރާ ގުޅިގެން ހައްޔަރު ކުރި ޝީޒަން މުހައްމަދު ހާން އެންމެ ފަހަުން ދޫކޮށްލައިފި އެވެ.
އެ ޑްރާމާ ސިލްސިލާގެ ސެޓުގައި ޝީޒަންގެ މޭކަޕް ރޫމްގައި ޓުނީޝާ ދަންޖެހިގެން މަރުވެފައި ހުއްޓަ ފެނުނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ. އެ މައްސަލައިގަ ޝީޒަން ހައްޔަރު ކުރީ ޓުނީޝާގެ މަންމަ ހުށަހެޅި މައްސަލައެއްގައި އޭނާ މަރުވީ ޝީޒަންގެ ސަބަބުން ކަމަށް ބުނުމުންނެވެ.
މިނިވަން ވުމުން ނޫސްވެރިންނާއި ވާހަކަ ދައްކަމުން ޝީޒަން ބުނީ ހަގީގަތް އެންމެންނަށް އެނގޭނެ ކަމަށާއި ޓުނީޝާ އަމިއްލައަށް މަރުވުމުގައި އޭނާ ޒިންމާ ނަގަން ނުޖެހޭނެ ކަމަށެވެ. ޝީޒަން ބުނީ މިއަދު ޓުނީޝާ ދުނިިޔޭގައި ހުރި ނަމަ އޭނާ ޖަލުން ސަލާމަތް ކޮށްދޭން މަސައްކަތް ކުރީސް ކަމަށެވެ.
ދެ މަހަށްވުރެ ގިނަ ދުވަސް ފަހުން މިނިވަން ވުމުން އޭނާ ބޭނުންވަނީ މަންމަ އާއި އެކު ހަފްތާައެއްހާ ދުވަހު ވަގުތު ހޭދަ ކުރާށެވެ. އަދި ދައްތަ މެންނާއި ބޭބެއާއި އެކު ގިނަ ވަގުތުތަކެއް ހޭދަކޮށް އާއިލާ އާއި ވަކިން ހޭދަވި ދުވަސްތަކުގައި ބަރުދާސްތު ކުރަން ޖެހުނު ކަންކަން ހިއްސާކުރަން ބޭނުންވާ ކަމަށް ބުންޏެވެ.
އޭނާ މިނިވަން ކުރަން އާއިލާއިން ބޮޑު ގުރުބާނީއެއްވެ، އޭނާގެ ދިފާއުގައި އެތައް ވާހަކައެއް ދައްކާފައިވާ ކަން ހެޔޮ ހިތުން ގަބޫލު ކުރާ ކަމަށް ބުންޏެވެ.
ޓުނީޝާގެ މަރުގެ ޒިންމާ ޝީޒަންގެ ބޮލުގައި އެޅުވީ އެ ދެމީހުން ރައްޓެހިވެގެން އުޅުމަށް ފަހު ޝީޒަން އޭނާ އާއި ރުޅިވުމުންނެވެ. ޝީޒަން ބުނީ ޓުނީޝާ އާއި ރުޅިވީ ދެމީހުން ދެ ދީނަށްވުމުން ނުކުމެދާނެ މައްސަލަތަކާއި ގުޅިގެން ވަރަށް ވިސްނުމަށް ފަހު ކަމަށެވެ.
ޓުނީޝާގެ މަންމަ ބުނީ އެކަމާއި ތުނީޝާ ވަރަށް ފިކުރުކޮށްފައިވާ ކަމަށާއި ޝީޒަން މަސައްކަތް ކުރީ ޓުނީޝާގެ ދީން ބަދަލުކޮށް ބުރުގާ އަޅުވައި އިސްލާމް ދީނަށް ވެއްދުމަށް ކަމަށާއި ޓުނީޝާވެސް އޭނާގެ ވާހަކަތަކަށް ލެނބިގެން ބުނިހާ ގޮތެއް ހެދި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް