ބައިނަލްއަގުވާމީ އަންހެހުންގެ ދުވަސް ފާހަގަ ކުރަން ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.
އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ މި ޖަލްސާ އޮންނާނީ މާދަމާ ހަވީރު ކަމަށެވެ. ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ހަވީރު4:00 ގައި އެމްޑީޕީ ހަރުގޭގައި އެވެ.
އަންހެނުންގެ ދުވަހުގެ ޖަލްސާ ޕްރޮމޯޓް ކުރުމަށްވެސް އެމްޑީޕީން ގެންދަނީ ސޯޝަލް މީޑިއާގައި ހާއްސަ ހަރަކާތްތަކެއް ހިންގަމުންނެވެ.
ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ މާޗް 8 އެވެ.
އެމްޑީޕީ ކޯލިޝަންގައި ހިމެނޭ ޖޭޕީންވެސް ވަނީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް ނިންމާފައި އެވެ.
މިދުވަސް ފާހަގަކުރުމަށް ސަރުކާރުންވެސް ހާއްސަ ހަރަކާތްތައް ކުރިއަށް ގެންދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް