ކުޑަގިރީގައި ހާއްސަ މާހެފުންތަކެއް، ބޮލަކަށް 165 ރުފިޔާ!

ކުޑަގިރި ޕިކްނިކް އައިލެންޑަށް ދަތުރުދާ ފަރާތްތަކަށް ހާއްސަކޮށް މާހެފުން ޕެކޭޖެއް ތައާރަފުކޮށްފި އެވެ. ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ މިހާރު ދަތުރުދާ ފަރާތަކަށް މާހެފުން ބޭއްވ...

07 Mar 2023 | 07:00

ކުޑަގިރި ޕިކްނިކް އައިލެންޑަށް ދަތުރުދާ ފަރާތްތަކަށް ހާއްސަކޮށް މާހެފުން ޕެކޭޖެއް ތައާރަފުކޮށްފި އެވެ.

ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ މިހާރު ދަތުރުދާ ފަރާތަކަށް މާހެފުން ބޭއްވޭނެ ކަމަށެވެ. އެޗްޑީސީން ތައާރަފުކޮށްފައިވާ މެނޫ ނަގަން ބޭނުންވާ ނަމަ ބައިވެރިވާ ކޮންމެ ދަތުރު ވެރިއަކަށ ް165 ރުފިޔާ ދައްކަން ޖެހެ އެވެ.

އެ ކުންފުނިން ބުނީ އެ މެނޫގައި ދިވެހި ތަފާތު އުފެއްދުންތައް ހިމެނެނޭނެ ކަމަށެވެ. އޭގެ ތެރޭގައި ކުޅި އަދި ފޮނި ފާރޮށި، މާފުށް، ކުޅި ކާޖާ ފަދަ އައިޓަމްތައް ހިމެނެ އެވެ. އަދި ކިރު ސަރުބަތާއި އައިސް ކޮފީގެ އިތރުން ސޫޖީ ބުއިމަށް ލިބޭނެ ކަމަށް ބުންޏެވެ.

މި މާހެފުން ޕެކޭޖާއި ގުޅޭ އިތުރު މައުލޫމާތު3356454 ނަމްބަރަށް ގުޅުމުން ލިބޭނެ އެވެ.

އެޗްޑީސީން ބަލަހައްޓާ ކުޑަގިރިއަށް ހަފްތާ ބަންދާއި ސަރުކާރު ބަންދު ދުވަސްތަކުގައި ދިވެހިންނަށް ހިލޭ ދަތުރު ދެވެ އެވެ. ހަމައެކަނި ފައިސާ ދައްކަން ޖެހެނީ ހަޓާއި ރޫމް ފަދަ ތަންތަން ނަގާނަމަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް