މާލޭ ސިޓީ ކައުންސިލްގެ މަދަހަ މުބާރާތް ފަށައިފި އެވެ.
މި އަހަރުގެ މަދަޙަ މުބާރާތުގައި 304 ދަރިވަރުން ވަނީ އެކި އުމުރުފުރާތަކުން ބައިވެރިވެފައެވެ. މުބާރާތް ކުރިއަށް ގެންދާނީ 6 އުމުރުފުރާ އަކަށް ބަހާލައިގެންނެވެ.
މިއަހަރުގެ މުބާރާތުގައިވެސް ބައިވެރިންނަށް އަގުހުރި އިނާމްތަކެއްދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތް ކުރިޔަށްދެނީ "މާލޭ ސިޓީ ކައުންސިލް މަދަޙަ މުބާރާތް 1444 " މި ނަމުގައެވެ.
މަދަހަ މުބާރާތުގެ އިތުރުން މާލެ ސިޓީ ކައުންސިލުން ވަނީ 1444 ވަނަ އަހަރުގެ ރަމަޟާން މަހަށް ޚާއްޞަކޮށްގެން ޤުރުއާން މުބާރާތެއްވެސް ބާއްވާފައެވެ. އެ މުބާރާތުގެ ރެކޯޑިންގް މިހާރު ވަނީ ނިންމާލެވިފައެވެ. އެ މުބާރާތުގައި 756 ކުދިން ވަނީ ބައިވެރިވެފައެވެ.
ޤުރުއާން އަދި މަދަހަ މުބާރާތުގެ ކުދިންގެ ކިޔެވުމާއި އިންތިޒާމްތައް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައްލަވާލައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް