ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފަސްވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ތަފާތު ފަސް ހެލްތު ސްކްރީން ޕެކޭޖެއްގެ ޚާއްސަ ޕްރޮމޯޝަނެއް މާޗް މަހުގެ 1 ވަނަ ދުވަހުން ފެށިގެން މާޗް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދެ އެވެ.
މިފަދަ ހެލްތް ސްކްރީނިންގ ޕްރޮގްރާމްތަކުގެ ބޭނުން ކުރުމަކީ ދުޅަހެޔޮ ސިއްޙަތެއްގައި ދެމިހުރުމަށް ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ކުރީބައިގައި ބައްޔެއް ޖެހިފައިވާނަމަ ދެނެގަތުމަށާއި އަވަހަށް ފަރުވާހޯދުމަށް ފަސޭހަވެގެން ދާނެއެވެ.
މި ޚާއްސަ ޕްރޮމޯޝަންގެ ދަށުން ވެލް މެލް ޕެކޭޖާއި ވެލް ފީމަލް ޕެކޭޖާއި ހެލްތީ ހާޓް ޕެކޭޖާއި ސްޓްރޯންގް ހާޓް ޕެކޭޖާއި ޑައަބިޓީސް ސްކްރީނިން ޕެކޭޖާއި ތެލަސީމިއާ ސްކްރީނިން ޕެކޭޖުން %15 ޑިސްކައުންޓް ލިބޭނެ އެވެ.
ވެލް މޭލް ޕެކޭޖްގައި ހިމެނެނީ ފިރިހެނުންގެ ތެރޭގައި އެންމެ އާންމު ބަލިތައް ދެނެގަތުމަށް ހެދޭ ޓެސްޓުތަކެވެ. އެގޮތުން މި ޕެކޭޖްގެ ދަށުން ކްލިނިކަލް އެގްޒަމިނޭޝަން، ރޭޑިއޮލޮޖީ އިންވެސްޓިގޭޝަން އޯޕީޑީ ކޮނަސަލްޓޭޝަން އަދި ވިހި ލެބޯޓްރީ އިންވެސްޓިގޭޝަން އެއް ހިމެނެއެވެ.
ވެލް ވުމަން ޕެކޭޖަށް ބަލާލާއިރު މި ޕެކޭޖް ވަނީ ދެބަޔަކަށް ބެހިފައެވެ. އެއީ (18-34) ގެ އުމުރުފުރާއަށް ޚާއްސަ ކުރެވިފައިވާ ބަޔަކާއި 35 އަހަރުން މަތީގެ އަންހެން ބޭޅުނުންނަށް ޚާއްސަ ކުރެވިފައިވާބައެކެވެ. މި ޕެކޭޖްގައި ހިމެނެނީ މައިގަނޑު ގޮތެއްގައި އަންހެނުންނަށް ދިމާވާ ބަލިތަށް ދެނެގަތުމަށް ހެދޭ ޓެސްޓްތަކެވެ. އޭގެ ތެރޭގައި ހިމެނެނީ ކްލިނިކަލް އެގްޒަމިނޭޝަން، ރޭޑިއޮލޮޖީ އިންވެސްޓިގޭޝަން އޯޕީޑީ ކޮނަސަލްޓޭޝަން އަދި މީގެ އިތުރުން ވިހި ލެބޯޓްރީ އިންވެސްޓިގޭޝަނެކެވެ.
ހަމަ މިއާއެކު ދިވެހި ރާއްޖެ އަކީ ގިނަ އަދަދެއްގެ ހިތުގެ ބަލީގެ މީހުން ދިރިއުޅޭ ގައުމަކަށް ވެފައި ހިތުގެ ޗެކް އަޕް ކޮންމެ 2-4 އާއި ދެމެދު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ހިތުގެ ބަލި ތަކަށް ޚާއްސަ ދެޕެކޭޖެއް ތަޢާރަފްކޮށްފައެވެ. އެއީ ހެލްތީ ހާރޓް(30-60) ދެމެދުގެ ބޭފުޅުންނަށާއި އާއި ސްޓްރޯންގް ހާރްޓް (60+) ގެ ބޭފުޅުންނަށެވެ. މި ޕެކޭޖްގައި ހިތުގެ ބަލިތައް ދެނެގަތުމަށް ފަރުމާކުރެވިފައިވާ ތަފާތު ޓެސްޓްތައް ހިމެނެއެވެ. އޭގެތެރޭގައި ހިމެނެނީ ލޭގެ ޕްރެޝަރ ބެލުމާއި، ބޮޑީ މާސް އިންޑެކްސް ބެލުމާއި ގްލައިކޭޓެޑް ހެމަގްލޮބިން ފަދަ ޓެސްޓްތަށް ހިމެނެއެވެ.
މީގެ އިތުރުން ހަކުރު ބަލި ޖެހިފައިވާ މީހުން ދުވަހަކަށް ވުރެ ދުވަހެއް ރާއްޖޭގައި އިތުރުވަމުން ދާއިރު މިބަލި ދެނެގަނެވި އަޅަން އެންމެ އެކަށީގެންވާ ފިޔަވަޅު އެޅުމަށް ޓެސްޓްތަށް ހެދުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ މިކަމަށް ޚާއްސަކޮށް ޕެކޭޖެއް އެކުލަވާލާފައެވެ. މި ޕެކޭޖް ފަރުމާކުރެވިފައި ވަނީ ހަކުރުބަލި ދެނެނުގަނެވި ތިއްބެވި ފަރާތްތައް ބަލި ދެނެގަނެވި ޖެހިފައިވަނީ ބަލީގެ ކޮންބާވަތެއްކަން ދެނެގަތުމަށާއި އަދި މި ބަލި ޖެހިފައި ވާކަން އެނގިލައްވާ ފަރާތްތަކަށް ބަލީގެ ނުރައްކާ ހުރިވަރު ދެނެގަނެވޭ ގޮތަށެވެ.
އަދި ހަމަ އެހެންމެ ތެލެސީމިއާ ބައްޔަކީ ލޭގައި ހިމެނޭ ހީމަގްލޯބިން (ރެޑް ބްލަޑް ސެލްގައިވާ ޕްރޮޓީން އެއް) ފުރިހަމަ އަށް އުފައްދައި ނުދިނުމުގެ ސަބަބުން މުޅި އުމުރަށް މީހާ ލޭއަޅަންޖެހޭ ބައްޔެކެވެ. އަދި މިއީ މައިންބަފައިންގެ ފަރާތުން ދަރިންނަށް ވާރުތަވާ ކަމެކެވެ. އެގޮތުން ޓްރީޓޮޕް ހޮސްޕިޓަލްގެ ތެލެސީމިއާ ސްކްރީނިންގ ޕެކޭޖް ފަރުމާ ކޮށްފައިވަނީ ތެލެސީމިއާ ޓެސްޓްތައް އަލަށް ހަދަން ބޭނުންވާ މީހުންނަށެވެ. އާއިލާއެއް ފެށުމައް ތައްޔާރުވަމުންދާއިރު ތެލެސީމިއާ ސްކްރީނިންގ ކުރުމަކީ މުހިންމުކަމެކެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ އެއްހޮސްޕިޓަލެވެ. އެގޮތުން މިހާރުވެސް މި ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއި އާ ޚިދުމަތްތައް ތަޢާރަފް ކުރަމުންނެވެ.
މި ޕްރޮމޯޝަނާއި ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންފުޅުނަމަ 3351610 އަށް ގުޅުއްވައިގެން ނުވަތަ [email protected] އަށް އީ-މެއިލް ކުރައްވައިގެން އިތުރު މައުލޫމާތު ލިބިލައްވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް