ބޮލީވުޑްގައި ކުރިއަރަމުން އަންނަ ބަތަލާ ސާރާ އަލީ ހާންގެ ހަޔާތުގައި އައި އެންމެ ހިތާމަވެރި ހަނދާނުން ފޮހެލަން ދަތި ދުވަސްތަކުގެ ވާހަކަ އޭނާ ދައްކައިފި އެވެ.
ސާރާ ބޮލީވުޑަށް ތައާރަފުވ ީ2018 ވަނަ އަހަރު ރިލީޒް ކުރި ފިލްމު "ކޭދަނާތު" އިންނެވެ. އެ ފިލްމުގެ އިތުރުން އޭނާގެ ދެވަނަ ފިލްމު "ސިމްބާ" ވެސް ހިޓުވި އެވެ.
އެކަމަކު2020 ވަނަ އަހަރު ރިލީޒް ކުރި ފިލްމު "ކޫލީ ނަމްބަރު1" އާއި "ލަވް އާޖް ކަލް" ފްލޮޕްވުމަކީ ސާރާއަށް ކަޅު ދުވަސްތަކެއް ކުރިމަވާން މެދުވެރި އަހަރަށް އެއަހަރު ވުމެވެ. ސާރާ ބުނީ ފިލްމުތައް ރިލީޒްވެ ފްލޮޕާއި ކުރިމަތިވުމުގެ ކުރިން އޭނާގެ ދިރިއުޅުމާއި ހިތަށް ދިމާވި ހާދިސާއަކީ އިތުރަށް އެ އަހަރު އަނދިވާން ޖެހުނު ސަބަބު ކަމަށެވެ.
ހިތަށް ދިމާވި މައްސަލަ އާއި ގުޅޭގޮތުން ސާރާ ބުނީ އެ ވާހަކަތަކަކީ ސިއްރު ވާހަކައެއް ނޫން ކަމަށާއި އެ ވާހަކަ ހުރިހާ ނޫސްތަކާއި ސޯޝަލް މީޑިއާގައި އަދިވެސް ދައްކަމުންދާ ކަމަށެވެ. ސީދާ އެ ވާހަކަ ތަފްސީލް ނުކޮށްދިނަސް ރިޕޯޓުތައް ބުނާގޮތުގައި ސާރާ އެބުނީ ކާތިކް އާރްޔަން އޭނާ އާއި ރުޅިވި ވާހަކަ ކަމަށެވެ.
ސާރާ ބުނީ "ކޫލީ ނަމްބަރު1" ފްލޮޕްވުމުން ދެން ކުރިޔަށް ދެވޭނެ ބާއޭ ހިތަށް އަރައި ބިރުގަތް ކަމަށެވެ. އެކަމަކު އޭރު ޝޫޓިން ކުރިޔަށް ދިޔަ ފިލްމު "އަތްރަންގީ ރޭ" ގެ ޑައިރެކްޓަރު ވަނީ ނާކާމިޔާބީގެ ވާހަކަ ނުދެއްކުމަށް އެދިފައި ކަމަށެވެ.
ސާރާ ބުނީ އޭގެ ފަހުން ނާކާމިޔާބު ވިޔަސް އެކަން ހިތަށް ނާރުވާ ކަމަށެވެ. އަބަދުވެސް ގަބޫލު ކުރަނީ ނާކާމިޔާބަކީ ފިލާވަޅެއް ކަމަށް ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް