ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އުވާލުމާއެކު، ސަމްދުރަޕް ޖޮންގްހާރުގެ ދަނޑުވެރިންނަށް އެމީހުން އުފައްދާ އިނގުރަށް ރަގަނޅު އަގެއް ލިބެން ފަށައިފިއެވެ.
އިންޑިއާގެ ވިޔަފާރިވެރިންނަށް މިހާރު ސަމްދުރޫޕް ޖޮންގްޚާރަށް އައިސް އިނގުރު ގަތުމުގެ ހުއްދަ ދީފައިވާއިރު، ދަނޑުވެރިންނަށް އިނގުރު ކިލޯއަކަށް މަދުވެގެން ނޫ (ބޫޓާން ރުފިޔާ) 30 ދޭންޖެހޭކަމަށް ބޫޓާނުން ބުނެއެވެ.
ކޯވިޑް-19 ގެ ބަލިމަޑުކަމާއި އެއާއެކު އައި ހުރަސްތަކުގެ ސަބަބުން ބޫޓާންގެ ސަމްދުރޫޕް ޖޮންގްހާރުގައި އިނގުރު ދަނޑުވެރިން އެމީހުންގެ ބުރަ މަސައްކަތުން އުފައްދާ އިނގުރަށް ރަގަނޅު އަގެއް ނުލިބި، ވިއްކޭނެ ގޮތްވެސް ނުހޯދި ގިނަ ދަތިތަކާ ތަހަންމަލްކުރިއެވެ.
ބައިބެކް ސްކީމް މެދުވެރިކޮށް ސަރުކާރުން އެމީހުންގެ އިނގުރު ނެގި ނަމަވެސް، ފާއިތުވި ތިން އަހަރު ދަނޑުވެރިންނަށް ކިލޯއަކަށް ގިނަވެގެން 30 ނޫ ނޫނީ ނުލިބެއެވެ. ނަމަވެސް މިހާރު ހާލަތު ބަދަލްވެ، އިންޑިއާގެ ވިޔަފާރިވެރިން އަނބުރާ މި ސަރަހައްދަށް ދަތުރުކުރުމުގެ ފުރުސަތުލިބި، ބޫޓާނުގެ އިނގުރުގެ އަގު މަތިކުރުމަށް ފުރުސަތު މިހާރު މިވަނީ ލިބިފައެވެ. އެގޮތުން މިހާރު އިނގުރު ކިލޯއަކަށް މަދުވެގެން 35 ނޫ ލިބެއެވެ. މިއީ މި ސަރަހައްދުގެ ދަނޑުވެރިންނަށް ލިބުނު ބޮޑު ހިތްހަމަޖެހުމަކާއި އުފަލެކެވެ.
ޕެމަތަންގް ގެވޮގްގައި އިނގުރު އިންދާ ޓްޝެވަންގް ޓެންޒިން ބުނާ ގޮތުގައި ކޮވިޑް-19 ގެ ދުވަސްވަރު ބައެއް ރަށުގެ މީހުން އިނގުރު ވިއްކާފައިވަނީ ކިލޯއެއް 7 އިން 8 އަށް ނޫ ކަމަށެވެ. "މިހާރު ކޯވިޑް-19 ގެ ހުރަސްތައް އުވާލުމާއެކު އަޅުގަނޑުމެންނަށް ލިބެނީ އިނގުރު ކިލޯއަކަށް 32 އާއި 35 އާއި ދެމެދުގެ އަދަދެއް" އޭނާ އުފަލާއެކު ފާހަގަކުރިއެވެ.
"މިހާރު އިންޑިއާގެ ވިޔަފާރިވެރިން މިތަނަށް އައިސް އަޅުގަނޑުމެންގެ އިނގުރު ގަންނަން. އެންމެ ފަހުން އަޅުގަނޑުމެންނަށް ލިބުނީ 32 އަދި 35 ނޫ އާއި ދެމެދު. މިހާރު އިންޑިއާގެ ވިޔަފާރިވެރިން އަޅުގަނޑުމެންގެ ގާތަށް އައިސް އެއް ކިލޯ އިނގުރަށް 36 ނޫ ދޭން އެއްބަސްވޭ،” މާޓްޝާލާ ގެވޮގްގެ އިނގުރު ދަނޑުވެރިއެއް ކަމަށްވާ ފުރްޕާ ވަންގްޑީ ބުންޏެވެ.
ބޫޓާންގެ އެގްރިކަލްޗަރ ސާރވޭ ރިޕޯޓް 2021 ގައިވާ ގޮތުން ސަމްދުރޫޕް ޖޮންގްޚާރު ޑިސްޓްރިކްޓަކީ ބޫޓާންގައި އެންމެ ގިނައިން އިނގުރު އުފައްދާ ޑިސްޓްރިކްޓެވެ. މި ޑިސްޓްރިކްޓްގެ ގިނަ ރަށްރަށުގެ މީހުންނަށް އިނގުރަކީ އާމްދަނީގެ އަސާސީ އެއް މަސްދަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް