އައިޓީބީ ބާލިންގައި ބައިވެރިވާ ދިވެހި ސަގާފީ ގުރޫޕް ފުރައިފި

މިއަދުން ފެށިގެން ބުރާސްފަތި ދުވަހާއި ހަމައަށް ޖަރުމަނުގައި އޮންނަ ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ޓްރޭޑް ފެއާ، އައިޓީބީ ބާލިން 2023ގައި ބައިވެރިވުމަށް ދިވެހި ސަގާފީ ގުރޫޕް ޖަރުމަނައް ފުރައިފިއެވެ. މި އ...

07 Mar 2023 | 03:25

މިއަދުން ފެށިގެން ބުރާސްފަތި ދުވަހާއި ހަމައަށް ޖަރުމަނުގައި އޮންނަ ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ޓްރޭޑް ފެއާ، އައިޓީބީ ބާލިން 2023ގައި ބައިވެރިވުމަށް ދިވެހި ސަގާފީ ގުރޫޕް ޖަރުމަނައް ފުރައިފިއެވެ.

މި އަހަރުގެ އައިޓީބީ ބާލިން 2023 ގައި ދިވެހި ސަގާފީ ގުރޫޕުގައި ބައިވެރިވަނީ ޕްރޮފެޝަނަލް ނަށާ ގުރޫޕެއް ކަމަށްވާ ޑައިނިސިއެކްގެ ނެށުންތެރިންނާއި މާސްޓަރސެފް މަހާ ނަސީރު އާއި އެކު އިތުރު ދެ ދިވެހި އަންހެން ސެފުންނެވެ.

ފެއާގައި ހުންނަ ރާއްޖޭގެ ސޮޓޯލްގައި ސަގާފީ ގްރޫޕުގެ ނެށުންތެރިން އެކި ދިވެހި ލަވަތަކައް ތަމްސީލު ކުރުމަށް ވަނީ ހަމަޖެހިފައިއެވެ. އަދި ދިވެހި ސެފުންގެ ޓީމުން ވަނީ ޒިޔާރަތްކުރާ އެކި ފަރާތްތަކަށް ދިވެހި ކާބޯތަކެތި ތައްޔާރު ކުރާ ގޮތް ލައިވް ސްޓޭސަންގައި ދައްކާލުމަށް ހަމަޖެހިފައިއެވެ.

މި ފެއާގައި ތަމްސީލުކުރާ ކުންފުނިތަކުގެ ތެރޭގައި ދުނިޔޭގެ އެކިކަންކޮޅުތަކުގެ ހޮޓާތަކާއި، ޓޫރިސްޓް ބޯޑުތަކާއި އަދި ޓުއާ އޮޕަރޭޓަރުން ހިމެނެ އެވެ.

މި އަހަރު އައިޓީބީ ބާލިން 2023ގައި އެމްއެމްޕީއާރްސީ އިން ބަހައްޓާ ވިޒިޓް މޯލްޑިވްސްގެ ސްޓޯލްގައި ފަތުރުވެރިކަމާއި ބެހޭ 82 ކުންފުންޏަކުން 200 އަށް ވުރެ ގިނަ މީހުން ބައިވެރިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް