ސައޫދީ އަރަބިއްޔާގެ ރިޔާދުގައި އަންހެން ދަރީންތަކަކަށް އިހާނެތިކޮށްހިތި ބައްޕަޔަކު ހައްޔަރުކޮށްފިއެވެ.
ސައޫދީ މީޑިއާގައި ރިޕޯޓްކޮށްފައިވާގޮތުގައި ފުލުހުން އެ ފިރިހެން މީހާ ހައްޔަރުކޮށްފައިވަނީ އަންހެން ދަރިންތަކަކަށް އަނިޔާކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވުމާއި ގުޅިގެންނެވެ. ނަމަވެސް އެއީ ކިތައް އަންހެން ދަރިން ކަމެއް ބުނެފައެއް ނުވެއެވެ.
އަނިޔާ ލިބުނު ކުދިންނަށް ފުލުހުންނާއި ފެމިލީ ޕްރޮޓެކްޝަން އޮފީހުން ރައްކާތެރިކަން ފޯރުކޮށްދެމުން އަންނަކަމުގައިވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް