ޓެކްސީ ޑްރައިވަރުންނަށް އިންސާފުވެރި ހައްލެއް ހޯދައިދިނުމަށް މޭޔަރ އިލްތިމާސްކުރައްވައިފި

ތެލުގެ އަގު އުފުލެމުން އަންނަ އުފުލުމާއެކު ޓެކްސީ ދަތުރުގެ އަގު އުފުލުމަށް ޓެކްސީ ޑްރައިވަރުން ކުރަމުން އަންނަ މަސައްކަތަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހިތްވަރު ދެއްވައިފިއެވެ. އެގޮތުން...

07 Mar 2022 | 18:41

ތެލުގެ އަގު އުފުލެމުން އަންނަ އުފުލުމާއެކު ޓެކްސީ ދަތުރުގެ އަގު އުފުލުމަށް ޓެކްސީ ޑްރައިވަރުން ކުރަމުން އަންނަ މަސައްކަތަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހިތްވަރު ދެއްވައިފިއެވެ.

އެގޮތުން މޭޔަރު މިއަދު ހަވީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތައް އަޑުއަހާ އެ ކަންބޮޑުވުންތަކަށް އިންސާފުވެރި ހައްލެއް ގެނެސްދެއްވުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް އިލްތިމާސްކުރައްވާކަމަށެވެ.

"މާލޭގެ އާބާދީގެ ގިނަ ބަޔަކު ބޭނުންކުރާ ޓެކްސީ ހިދުމަތަކީ އެކަށީގެންވާ ހެޔޮ ބަދަލުތަކެއް ގެނެސްދޭންޖެހޭ ހިދުމަތެއް" މޭޔަރު ވިދާޅުވެފައިވެއެވެ.

މޭޔަރު މިހެން ވިދާޅުވެފައިވާއިރު ގްރޭޓާ މާލޭ އޭރިއާގައި ޓެކްސީގެ ހިދުމަތްދޭ ސެންޓަރުތައް ގުޅިގެން އަގުތަކަށް ބަދަލުގެނެސް އަގުތަކެއް އިއުލާނުވެސް ކުރިއެވެ. ނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީންނާއި ފުލުހުން ވަނީ އެ އަގުތައް ނުނެގޭނެކަން އަންގާ، އެ އަގުތައް ނަގާނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް