ރަށްރަށުގެ ތަރައްގީގެ މަސައްކަތްތައް ރާވާއިރުގައި ޚާއްޞަކޮށް އިންފްރާސްޓްރަކްޗަރ މަސައްކަތްތައް ރާވާއިރުގައި ރަށްރަށުގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށް ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ކަމަށް ވިދާޅުވެ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝައުނާ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ޝައުނާ ވިދާޅުވީ، ބައެއް ފަހަރު ތަރައްޤީގެ މަސައްކަތްތައް ރޭވޭ އެކިއެކި ގޮތްގޮތުންނާއި، ރޭވޭ އަވަސްމިނުގެ ސަބަބުންވެސް ރަށްރަށުގެ ތިމާވެށްޓަށް ނޭދެވޭ ކަންކަން ކުރިމަތިވާ ކަމުގައެވެ.
ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށް އެންމެ ބޭނުންވާ ކަންކަން ނުބަލާ މަޝްރޫޢުތައް ފަރުމާކުރެވޭކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ
ޝައުނާ ވިދާޅުވީ، މޫސުމަށް މިއަންނަ ބަދަލުތަކާއި ގުޅިގެން ޤައުމުތަށް ހޭނޭނީ ކިހާމިންވަރަކަށްތޯ ބަލާއިރުގައި، ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީސްގައި ނުހިފެހެއްޓިއްޖެނަމަ ރާއްޖޭގެ އެންމެ މުހިންމު ގުދުރަތީ އެސެޓު ކަމުގައިވާ ރާއްޖޭގެ ރަށްތަށް ވަށައިގެންމިވާ ފަރުތައް ނެތިދިއުމުގެ ބިރު އެބައޮތްކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް