ބޮޑުތިލަދުންމަތީގައި ވޭސްޓް މެނޭޖްމެންޓް ޓްރާންސްފަރ ސްޓޭޝަނެއް ޤާއިމުކުރާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.
ޝައުނާ ވިދާޅުވީ ހއ، ހދ، އަދި ށ، މި ތިން އަތޮޅުގައި އުފެދޭ ކުނި އެ ސަރަހައްދުގައި ޤާއިމްކުރެވޭ ވޭސްޓް މެނޭޖްމެންޓް ޓްރާންސްފަރ ސްޓޭޝަނަށް ގެންދިއުމަކީ އަމާޒެއް ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރ ޝައުނާ ވިދާޅުވީ މިކަމާބެހޭ މަޝްރޫޢުގެ ބަޖެޓުވެސް މިދިޔަ ހަފުތާގައި އެޕްރޫވް ކޮށްފައިވާ ކަމަށެވެ. އަދި
ރޭވިފައިވަނީ މިމަހުގެ ތެރޭގައި މި މަސައްކަތް ކޮންޓްރެކްޓަރާއި ހަވާލުކުރުމަށް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ހއ، ހދ، ށ ވޭސްޓް މެނޭޖްމެންޓް މަޝްރޫޢަކީ ދިވެހި ސަރުކާރާއި އޮފިޑް ގުޅިގެން ހިންގާ މަޝްރޫއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް