ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރުކަން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަމީމް (އަނދުން ހުސައިން) ކާމިޔާބުކޮށްފި އެވެ.
މި އިންތިހާބު އޭނާ ކާމިޔާބު ކުރީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި ވާދަކުރައްވައިގެންނެވެ. މިއަދު ބޭއްވީ މި ދެބޭފުޅުންގެ ވޯޓު އެއްވަރުވެގެން ބޭއްވި އިންތިހާބުގެ ދެވަނަ ބުރެވެ.
އެމްޑީޕީން އާންމު ކުރި ވަގުތީ ނަތީޖާ ދައްކާގޮތުން އަނދުން ހުސައިން އިންތިހާބު ކާމިޔާބު ކުރެއްވީ38 ވޯޓުންނެވެ. އިލްޔާސްއަށް ލިބިވަޑައިގެންފަވަނީ25 ވޯޓެވެ.
މި އިންތިހާބުގައި އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ތެރެއިން63 މެމްބަރަކު ވޯޓު ދެއްވާފައިވެ އެވެ.
ޕީޖީ ޑެޕިއުޓީ ލީޑަރުންގެ ގޮތުގައި ދެ ބޭފުޅުން ތިއްބަވައެވެ. އަނެއް ޑެޕިއުޓީ ޕީޖީ ލީދަރަކީ މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ.
މްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުކަން ކާމިޔާބު ކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނެރުއްވި ކެންޑިޑޭޓް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ. އަނދުން ހުސައިން އަކީވެސް ރައީސް ސޯލިހުގެ ތާއީދާއި އެކު ވާދަ ކުރެއްވި ބޭފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް