ފިޝަރީޒް މިިސްޓްރީއަށް އިތުރު ޑެޕިއުޓީ މިނިސްޓަރު އައްޔަން ކޮށްފި

ފިޝަރީޒް މިނިސްޓްރީއަށް އިތުރު ޑެޕިއުޓީ މިނިސްޓަރަކު މިއަދު އައްޔަން ކޮށްފި އެވެ. ރައީސް އޮފީހުން ބުނީ ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރުގެ ނައިބުގެ މަގާމަށް އައްޔަން ކުރެއްވީ އަހުމަދު ފާ...

07 Mar 2022 | 13:16

ފިޝަރީޒް މިނިސްޓްރީއަށް އިތުރު ޑެޕިއުޓީ މިނިސްޓަރަކު މިއަދު އައްޔަން ކޮށްފި އެވެ.

ރައީސް އޮފީހުން ބުނީ ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރުގެ ނައިބުގެ މަގާމަށް އައްޔަން ކުރެއްވީ އަހުމަދު ފާތިހު ކަމަށެވެ.

މަގާމަށް އައްޔަންކުރުމުގެ ކުރިން ފާތިހު ހުންނެވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އިމިގްރޭޝަން އޮފިސަރަކަށެވެ. އޭނާ ވަނީ އޮސްޓްރޭލިއާގެ ނިއު ސައުތު ވޭލްސްގެ ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީން ސައިންސް އިން އެޕްލައިޑް ކެމިސްޓްރީ ފުރިހަމަކުރައްވައިފަ އެވެ.

ފާތިހާއެކު، އެ މިނިސްޓްރީގައި ޑެޕިއުޓީ ތިން މިނިސްޓަރުން އެބަތިއްބެވި އެވެ.

ޑެޕިއުޓީ މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު 35،500 ރުފިޔާ ލިބިވަޑައިގެންނަވާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް