ފަނޑިޔާރުންނަށް މެޓާނިޓީ ލީވް ދިނުމަށް މަޖިލީހުން ފާސްކޮށްފި

ވިހެއުމާ ގުޅިގެން ލިބޭ މެޓާނިޓީ ލީވް ފަނޑިޔާރުންނަށް ލިބޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. ސަރުކާރުގެ ފަރާތުން ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމަށ...

07 Mar 2022 | 09:33

ވިހެއުމާ ގުޅިގެން ލިބޭ މެޓާނިޓީ ލީވް ފަނޑިޔާރުންނަށް ލިބޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅައިފައިވަނީ ރައްޔިތުންގެ ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް އަބްދުލްހަކީމްް އެވެ.

ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެންބަރުންގެ ތާއީދާއެކުއެވެ.

ފަނޑިޔާރުންގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ، ވިހެއުމާ ގުޅިގެން ނުވަތަ ދަރިއަކު ލިބުމާ ގުޅިގެން ދޭ ޗުއްޓީ ލިބުމުގެ ހައްޤު، ކޮންމެ ފަނޑިޔާރަކަށްވެސް ލިބިގެންވާ ކަމަށެވެެ. އެގޮތުން ވިހެއުމާ ގުޅިގެން އަންހެން ފަނޑިޔާރުންނަށް 6 މަސްދުވަހުގެ ޗުއްޓީއެއް އަދި ދަރިއަކު ލިބުމާގުޅިގެން ފިރިހެން ފަނޑިޔާރަކަށް އެއް މަސްދުވަހުގެ ޗުއްޓީއެއް ލިބޭނެކަމަށް އިސްލާޙުގައިވެއެވެ.

މީގެ އިތުރުން މާބަނޑުވުމާ ގުޅިގެން ނުވަތަ ވިހެއުމާ ގުޅިގެން ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ލިބިދެވޭ އެހެނިހެން ޗުއްޓީ ލިބުމުގެ ހައްގު ލިބިގެންވާއިރު ބިލަށް އަމަލު ކުރަންފަށާއިރު ޗުއްޓީ ހައްގުވާ މުވައްޒަފުންނާ މެދު އަމަލުކުރާނީ އެ ފަނޑިޔާރަކަށް  ދަރިއަކު ލިބުނު ތާރީޚުން ފެށިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް