18 ބިސް އަތަށްލައިގެން ދުނިޔޭގެ ރެކޯޑެއް

އިރާގުގެ ރައްޔިތަކު 18 ބިސް އަތަށްލައިގެން ދުނިޔޭގެ ރެކޯޑެއް ގާއިމްކޮށްފިއެވެ. މި ރެކޯޑް މިދިޔަ މަހުގެ ފަހުކޮޅު ގާއިމްކޮށްފައިވަނީ އިރާގުގެ ރައްޔިތެއް ކަމަށްވާ އިބްރާހިމް ސިއްދީގެެވެ. ހަމަ މި އަދަދަށް...

07 Mar 2022 | 09:04

އިރާގުގެ ރައްޔިތަކު 18 ބިސް އަތަށްލައިގެން ދުނިޔޭގެ ރެކޯޑެއް ގާއިމްކޮށްފިއެވެ.

މި ރެކޯޑް މިދިޔަ މަހުގެ ފަހުކޮޅު ގާއިމްކޮށްފައިވަނީ އިރާގުގެ ރައްޔިތެއް ކަމަށްވާ އިބްރާހިމް ސިއްދީގެެވެ.

ހަމަ މި އަދަދަށް ބިސް އަތަށްލައިގެން ދުނިޔޭގެ ރެކޯޑެއް 2020 ވަނަ އަހަރު އިނގިރޭސިވިލާތުގެ ރައްޔިތަކުވެސް ގާއިމްކޮށްފައިވެއެވެ. އެހެންކަމުން މި ރެކޯޑްގައި ސިއްދީގަށްވެސް މި ވެވުނީ ހިއްސާދާރަކަށެވެ. 18 ބިހުގެ ރެކޯޑް މުގުރާލެވިފައެއް ނުވެއެވެ.

ސިއްދީގުވެސް އަދި އިނގިރޭސިވިލާތުގައި މި ރެކޯޑް ގާއިމްކުރި ޖެކް ހެެރިސް ވެސް 18 ބިސް އުފުލާފައިވަނީ އަތުގެ ނުފުށުންނެވެ.

މި ރެކޯޑް ފަހުން ގާއިމްކުރި ސިއްދީގް ބުނެފައިވަނީ 18 ބިސް އަތްމަތީގައި ކޮންޓްރޯލު ކުރެވުނީވެސް ވަރަށް ގިނަދުވަހުގެ މަސައްކަތުން ކަމަށާއި މިހާރު މަސައްކަތް ކުރަމުން އަންނަނީ 19 ނޫނީ 20 ބިސް އަތުގައި ކޮންޓްރޯލު ކުރުމަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް