ޓެކްސީގެ ދަތުރުތަކުން ނަގަންޖެހޭ އަގަށްވުރެ އިތުރަށް ރުފިޔާ ނަގާނަމަ ފިޔަވަޅުއަޅާނެކަން ފުލުހުން ހަނދުމަކޮށްދީފިއެވެ.
ފުލުހުންގެ "ރޯޑް ޕޮލިސް" އިން ބުނީ ޓެކްސީގެ ހިދުމަތުން ނަގަން ޖެހޭ އަގުގެ އިތުރަށް އަގެއް ނުނެގޭނެ ކަމަށާއި ޓެކްސީގެ ޑިކީ އަށް ނުވަތަ ޓެކްސީގެ ތެރެއަށް އަރުވާ ދާގީނާއަކަށް ވެސް އިތުރު އަގެއް ނުނެގޭނެ ކަމަށާއި ކަނޑައަޅާފައިވާ އަގުތަކަށް ވުރެ އިތުރަށް އެއްވެސް އަގެއް ނަގައިފި ނަމަ އެކަން އަންގަން އެދޭ ކަމަށެވެ.
- މިހާރު ކަނޑައަޅާފައިވާ އަގުތަކަކީ
- މާލޭގެ އެތެރޭގެ ދަތުރެއް- 30 ރުފިޔާއަށް
- ހުޅުމާލޭގެ ފޭސް އެކެއް އަދި ދޭއްގެ ދަތުރުތައް 25ރުފިޔާއަށް
- މާލެއިން ހުޅުމާލެ އަށް - 100ރުފިޔާއަށް
- މާލެ އާއި ހުޅުމާލެ އިން އެއާޕޯޓަށް - 80ރުފިޔާއަށް
- ހުޅުމާލޭގެ ފޭސް ދެއަކުން މާލެ އަށް - 120ރުފިޔާއަށް
- ހުޅުމާލޭގެ ފޭސް އެކަކުން ހުޅުމާލޭގެ ފޭސް ދެއަކަށް - 40ރުފިޔާއަށް
- މާލެ އާއި ހުޅުމާލެ އިން ސީޕްލޭން ޓާމިނަލަށް - 100ރުފިޔާއަށް
- ހުޅުމާލޭގެ ފޭސް ދެއަކުން ސީޕްލޭން ޓާމިނަލަށް - 120ރުފިޔާ އަށް
- އަދި ރޭގަނޑު 12:00 އިން ހެނދުނު 6:00 އާ ހަމަ އަށް ކުރާ ޓެކްސީ ދަތުރުތަކުން އިތުރަށް ފަސް ރުފިޔާ ނެގިދާނެ
ފުލުހުން ބުނެފައިވަނީ މި އަގުތަކުގެ އިތުރުން އިތުރު އަގެއްނަގާނަމަ ފުލުހަށް އެންގުމަށް ފުލުހުން ބުނެއެވެ.
ފުލުހުން މިކަން ހަނދުމަކޮށްދީފައިވާއިރު ތެލުގެ އަގު އުފުލެމުން އަންނާތީ ޓެކްސީ ޑްރައިވަރުން ވަނީ އަގު ބޮޑުކުރާނެކަން އިއުލާނުކޮށްފައެވެ. އެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން އަދި ވަނީ ދެކޮޅު ހަދާފައެވެ. އެ މިނިސްޓްރީންވެސް ބުނެފައިވަނީ ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑުކޮށް ނަގާނަމަ ފިޔަވަޅު އަޅާނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް