ބަންދު މަރުކަޒުތަކުގައި ހަރަކާތްތެރިވާ ފުލުހުންނަށް އިންސާނީ ޙައްޤުތަކާ ގުޅޭ މަޢުލޫމާތު ދީފި

މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެދުމުގެ މަތިން، ބަންދު މަރުކަޒުތަކުގައި ހަރަކާތްތެރިވާ ފުލުހުންނަށް އިންސާނީ ޙައްޤުތަކާ ގުޅޭ މަޢުލޫމާތު ދިނުމަށް ޙާއްސަ ޕްރޮގްރާމެއް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީ...

07 Mar 2022 | 08:09

މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެދުމުގެ މަތިން، ބަންދު މަރުކަޒުތަކުގައި ހަރަކާތްތެރިވާ ފުލުހުންނަށް އިންސާނީ ޙައްޤުތަކާ ގުޅޭ މަޢުލޫމާތު ދިނުމަށް ޙާއްސަ ޕްރޮގްރާމެއް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) ގެ ފަރާތުން ކުރިއަށް ގެންގޮސްފިއެވެ.

ހަތަރު ދުވަހަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ޖުމްލަ 129 ފުލުހުން ބައިވެރިވިއެވެ. އެއީ 108 ފިރިހެން ފުލުހުންނާއި 21 އަންހެން ފުލުހުންނެވެ.

އެޗްއާރްސީއެމުން ބުނީ މި ޕްރޮގްރާމުގެ ތެރެއިން އެންޓި-ޓޯޗަރ އޮންލައިން ކޯސް ހެދުމާއި، އިންސާނީ ޙައްޤުތަކާއި، ހިއުމަން ރައިޓްސް ކޮމިޝަނުގެ ދައުރާއި، ސްޓޭންޑަރޑް މިނިމަމް ރޫލްސްގެ ދަށުން އަމަލުކުރަންޖެހޭ ގޮތްތައް ތަފްސީލުކޮށް ބައިވެރިންނަށް ކިޔާދީފައިވާ ކަމަށެވެ.

މީގެ އިތުރުން، ކޮމިޝަނުން ތަހުގީގު ކުރާ މައްސަލަތަކުގެ ތެރެއިން ފާހަގަކުރެވޭ ކަންކަމާއި ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްގެ މަސައްކަތްތަކާއި، އާއްމުކޮށް ފާހަގަކުރެވޭ ކަންތައްތަކާ ގުޅޭ މައުލޫމާތު ކޯހުގެ ބައިވެރިންނާ ވަނީ ހިއްސާކޮށްފައެވެ.

ފުލުހުންނަށް މި ތަމްރީން ހިންގުމުގެ ބޭނުމަކީ ބަންދު މަރުކަޒު ބަލަހައްޓާ އޮފިސަރުން ޑިއުޓީ އަދާކުރުމުގައި އިޙްތިރާމުކުރަންޖެހޭ އިންސާނީ ޙައްޤުތަކުގެ މަޢުލޫމާތު އުނގަންނައި ދިނުމާއި، ބަންދު މަރުކަޒުތައް ބެލެހެއްޓުމުގައި ދިމާވާ ކަންކަމުގައި އިންސާނީ ޙައްޤުތަކަށް އިޙްތިރާމުކުރާ ބަޔަކަށްވުމަށް ބާރުއެޅުމަށް ކަމަށް އެޗްއާރްސީއެމުން ހާމަކުރެއެވެ.

އިސްކަންދަރު ކޮށީގައި ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ދިޔައީ 04 ބެޗަކަށް ބަހާލައިގެން 27 ފެބްރުއަރީ 2022 އިން 02 މާރިޗް 2022 ގެ ނިޔަލަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް