އެމްޑީޕީގެ އާންމު އެންމެ މެމްބަރުންގެ އެދުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދެރަގޮތެއް ވިޔަ ނުދިނުން ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.
ހަސަން މިހެން ވިދާޅުވީ އައްޑޫއަށް މިހާރު ކުރައްވަމުން ގެންދާ ދަތުރުފުޅާއި ގުޅޭގޮތުން ކުރެއްވި ޓުވީޓެއްގައި އެވެ. މި ދަތުރަކީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް މާފަންނު އިތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ހޮވުމަށް ކުރާ ކެމްޕެއިންގެ ތެރެއިން ކުރަމުންދާ ދަތުރެކެވެ.
ހަސަން ވިދާޅުވީ އައްޑޫ އާއި އެމްޑީޕީ މެމްބަރުންގެ އެދުމަކީ ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި ހިފެހެއްޓުން ކަމަށެވެ. ހާއްސަކޮށް ރައީސް ނަޝީދަށް ދެރަގޮތެއް ވިޔަނުދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.
https://twitter.com/HassanLatheef/status/1500551599311101957
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް