ތައިރޯޑް ބައްޔަށް ބޭސްކުރެއްވުމަށް ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ރާއްޖެ ވަޑައިގެންފިއެވެ.
ރައީސް ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންނެވީ މިރޭގެ ވަގުތެއްގައެވެ.
ތައިރޮޑް ފަރުވާއަށް ރައީސް ސިންގަޕޫރަށް ފުރާވަޑައިގެންނެވީ މިދިޔަމަހުގެ 23 ދުވަހުއެވެ. އަދި އޮޕަރޭޝަން ކުރެއްވީ މިދިޔަމަހު 25 ވަނަ ދުވަހުއެވެ.
ތައިރޮއިޑް އޮޕަރޭޝަނެއް ކުރެއްވުމަށް އެމަނިކުފާނުގެ ބާރުތަކާއި މަސްޢޫލިއްޔަތުތައް ކުޑަ ވަގުތުކޮޅަކަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ހަވާލުކުރެއްވިއެވެ. ނަމަވެސް 3 ގަޑިއިރާއި 30 މިނެޓް ފަހުން ރައީސް ވަނީ އަލުން އެމަނިކުފާނުގެ މަސްޢޫލިއްޔަތުތަކާއި ހަވާލުވެވަޑައިގެންފައެވެ.
ކާމިޔާބު އޮޕްރޭޝަނަކަށްފަހު ރައީސް ހޮސްޕިޓަލުން ދޫކޮށްލާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް