ރަޝިއާއިން ޔޫކްރެއިންއަށް ދެމުންދާ ހަމަލާތަކުގައި މިހާރުގެ އަމާޒަކީ ހޮސްޕިޓަލްތަކާއި ސްކޫލްތައް ކަމަށް ޔޫކްރެއިނުން ބުނެފި އެވެ.
ޔޫކްރެއިންގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު އޮލްހާ ވިދާޅުވީ އެގައުމުގެ ސިފައިންގެ ފަރާތުން ދެމުންދާ ހަމަލާތަކާއި ދޫނުދިނުމުން ރަޝިއާގެ ހަމަލާތަކުގެ އަމާޒު ބަދަލުކޮށްފައިވާ ކަމަށެވެ.
މިހާރު ހުރިހާ ހަމަލާއެއްވެސް އަމާޒު ކުރަމުންދަނީ އާންމުންނަށް ކަމަށެވެ.
އޭނާ ވިދާޅުވީ އަސްކަރީ އޮޕަރޭޝަންގައި ނަމުގައި އިއްޔެވެސް ހަތަރު މީހުންގެ އާއިލާއެއް ރަޝިއާ ސިފައިން ހަމަލާދީ މަރާލާފައިވާ ކަމަށެވެ.
އަދި އެ ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދުން މީހުން ހުސްކުރުމަށް ކުރިޔަށްގެންދިޔަ އޮޕަރޭޝަން ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް