މިދިޔަ މަހު 253 ކައިވެނި ކުރި އިރު 181 ވަރި ކޮށްފައިވޭ

ރީތި ތާރީހުތަކަކާއެކު ނިމިގެންދިޔަ މިދިޔަ ފެބްރުއަރީ މަހު 253 ކައިވެނި ކުރި އިރު 181 ވަރިކޮށްފައިވާކަމަށް ފެމިލީ ކޯޓުން ބުނެފިއެވެ. ފެމިލީ ކޯޓުން މިކަން ހާމަކޮށްފައިވަނީ މިދިޔަ މަހުން ފެށިގެން އެ ކޯޓު...

07 Mar 2022 | 05:07

ރީތި ތާރީހުތަކަކާއެކު ނިމިގެންދިޔަ މިދިޔަ ފެބްރުއަރީ މަހު 253 ކައިވެނި ކުރި އިރު 181 ވަރިކޮށްފައިވާކަމަށް ފެމިލީ ކޯޓުން ބުނެފިއެވެ.

ފެމިލީ ކޯޓުން މިކަން ހާމަކޮށްފައިވަނީ މިދިޔަ މަހުން ފެށިގެން އެ ކޯޓުން އާންމުކުރަމުން އަންނަ ތަފާސް ހިސާބުގައެވެ.

މީގެ އިތުރުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު އެ ކޯޓުގެ އާއިލީ މައްސަލަތައް ހައްލުކުރުމާއި ބެހޭ ބައިން 25 މައްސަލައެއް މިދިޔަ މަހުގައި ނިންމާފައިވެއެވެ. ކުދިންނާއި ގުޅުންހުރި ހަތް މައްސަލައެއް ނިންމާފައިވެއެވެ. އެއީ ކުދިން ގާނޫނީ ބެލެނިވެރިކަން ކުރާނެ ފަރާތާއި ހަވާލު ކުރުމުގެ ތިން މައްސަލައަކާއި ކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ތިން މައްސަލައެއްގެ އިތުރުން ކުޑަކުދިންގެ ހަޟާނާތުގެ މައްސަލައެކެވެ. މިދިޔަ މަހުގެ ހުށަހެޅުނު އާއިލީ އެހެން މައްސަލަތަކުގެ ތެރެއިން 25 މައްސަލައެއް ނިންމާފައިވާއިރު ނުނިމި  39 މައްސަލައެއް ވާކަން ފާހަގަކޮށްފައިވެއެވެ.

ފެމެލީ ކޯޓުން މިދިޔަ މަހުން ފެށިގެން ތަފާސް ހިސާބުތައް އާންމުކުރަން ފަށާފައިވާއިރު މި ތަފާސް ހިސާބުތަކުން އެންމެ ފާހަގަކުރެވޭ އެއް ކުރެވޭ ކައިވެންޏާއި އަޅާބަލާއިރު ވަރީގެ އަދަދު އިންތިހާއަށް ގިނަކަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް